ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެންނަން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދުމަށްޓަކައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް އެތެރެވުމަށް ކޮންމެވެސް ވަރަކަށް ފުރުސަތު ދެއްވާކަމަށް އިހުސާން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން އާންމުކޮށްފައިވާ ޓްރެފިކިންގް އިން ޕާސަންސް ރިޕޯޓުގައި ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދުތައް 100،000 ގައި ހިފަހައްޓާފައި އޮތް އޮތުން ބަދަލުކޮށް ސަރުކާރުން އެ ގައުމުގެ މަސައްކަތްތެރިންނަށް އެތެރެވުމަށް ފުރުސަތު ފަހިކޮށްފައިވާކަމަށް ބުނެފައިވުމާއިއެކު ”ސަންގު“ އިންވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތުން މިކަމުގެ މައުލޫމާތު ސާފުކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ، ފުރުސަތު ދިން ނަމަވެސް އެކަން ކުރަމުންދަނީ ވަރަށް ”ރިސްޓްރިކްޓެޑް“ ކޮށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ޕްރޮޖެކްޓުތަކަށް މަސައްކަތްތެރިން ބޭނުންވެއްޖެ ހާލަތެއްގައި ކޮންމެވެސް ވަރަކަށް އެ ފުރުސަތު ހުޅުވާލާކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއްކޮށް އެ ފުރުސަތު ހުޅުވާލާފައިނުވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެމެރިކާއިން އާންމުކޮށްފައިވާ ރިޕޯޓު އެކުލަވާލުމުގެ ގޮތުން ކަންކަން ބަލާފައިވާ ދުވަސްވަރަކީ މިދިޔަ އަހަރުގެ އެޕްރިލް އިން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓު ހަގީގަތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކުލަވާ ނިންމާލާފައިވާނެކަމަށާއި އެހެންކަމުން މި ސަރުކާރުން ވެރިކަމާއި ހަވާލުވެގެން ކުރި މަސައްކަތްތަކަށް ރިޕޯޓުގައި އެކަށީގެންވާ މިންވަރަކަށް ރިއާޔަތް ކުރެވިފައިނުވާނެކަމަށާއި ސަރުކާރުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވަނީ އެއީ މި ސަރުކާރުގެ ޕާފޯމެންސަށް ބަލައި ހިއްސާކޮށްފައިވާ ރިޕޯޓެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ މީހުންނަށް ރައްކައުތެރިކަން ދެވޭނެ ގޮތަށް އެކަމަޑޭޝަންއެއް ކަނޑައެޅިފައިނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގައި އެކަން ކޮށްފައިވާކަމަށާއި ނިމިދިޔަ ސަރުކާރުގައި އެންޓި ޓްރެފިކިންގް އޮފީހެއް ގާއިމުކޮށް ޑިފެންސް މިނިސްޓްރީގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައިވާއިރު މަސައްކަތްތައް ކުރިއަށް ނުދާކަމަށްވުމުން މިހާރު އެކަން ކުރަނީ ހޯމް މިނިސްޓްރީއިންކަމަށްވެސް ބުނެފައިވެއެވެ. އަދި މިހާރު އެތަނަށް ބޭނުންވާ މީހުން ލައި މަސައްކަތްތައް ހިނގައިގަނެފައިވާކަމަށާ އެމެރިކާއިންވެސް ފަހުން ސަރުކާރުގައި އެކަންކަން ފާހަގަކުރެވޭކަން ހިއްސާކޮށްފައިވާކަމަށްވެސް އިހުސާން މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: