މިދިޔަ ފަސް އަހަރުގައި ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އެއްވެސް ރޭވުންތެރިކަމެއް، ޒިންމާދާރުކަމެއް ނެތް ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އޮތީ ހަރާބުގެ މަގަށް ހުށަހެޅިފައިކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ކޮވިޑު-19 ގެ ބަލިމަޑުކަމާއި، 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި ގުޅޭ މުހިންމު ހަރަދުތައް އިތުރަށް ކުރަން ޖެހުމުން އެކަން ތަންފީޒު ކުރެވެން އޮތް ހަމައެކަނި މަގަކީ ސަރުކާރު އިތުރަށް ދަރަނިވެރިވެ ފައިސާ ޗާޕުކޮށްގެންކަމަށް ކުރީ ސަރުކާރުން ދެކުނު ކަމަށެވެ.
މަޖިލީހަށް އޭރު ހުށަހެޅި ބަޖެޓުތަކުގައި ހަރަދު މެނޭޖު ކުރުމާއި ގުޅޭގޮތުން ވަކާލާތު ކުރި ގޮތަކީ ވެސް އެއީކަން ފާހަގަކޮށް ޒަމީރު ވިދަޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރުހަމާއި އެކު 8.8 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައި ވަނީ އެ ފައިސާ އަނބުރާ ދައްކާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.
ޒަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުން ރާއްޖެއަށް 2022 ވަނަ އަހަރު އަރައިގަނެވުނުއިރު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ފައިސާ ޗާޕު ކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާ ހާލަތެއް ނެތްކަމަށެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންނާއި ގައުމުގެ މާލިއްޔާގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ތައައްސަބު އިސްކޮށް ހަރަދުތައް ފޫބެއްދުމަށް ތަކުރާރުކޮށް ފައިސާ ޗާޕު ކުރަމުން ދިއުން ޒަމީރު ސިފަ ކުރެއްވީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.
2022 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތުން ވީއްލި، އިގުތިސާދު އިއާދަވެ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ހާލަތްތައް ނެތިދިއުމަށްފަހު ވެސް، ދިވެހި ރައްޔިތުންނާއި ގައުމުގެ މާލިއްޔާގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ތައައްސަބު އިސްކޮށް.. އިތުރުކުރަމުން ދިޔަ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕު ކުރުމުގެ ޒިންމާދާރުކަން ކުޑަ ސިޔާސަތު ވަނީ ކުރިއަށް ގެންގޮސްފައި..
ރައްޔިތުންނަށް ދޭން ޖެހޭ މުހިންމު ހިދުމަތްތަކާއި، އިގްތިސާދު ފުޅާ ކުރުމުގެ ގިނަ މަސައްކަތެއް ހުރި ނަމަވެސް ސަރުކާރުގެ ހަރަދުތައް އުފުލިގެން ދިޔައީ އާމްދަނީއާއި ނުބައްދަލު މިންވަރަކަށްކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން މީގެ ފަސް އަހަރު ކުރިން 28 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަނަށް އިތުރުވެގެން ގޮސް ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާއި ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި އުފުލިގެން ދިޔަކަށް ޒަމީރު ވިދާޅުވި އެވެ.
މީގެ ސަބަބުން ނިކުތް ނަތީޖާއަކީ ޒަމީރު ފާހަގަކުރެއްވި ގޮތުގައި މިއަދު ދައުލަތުގެ އާމްދަނީފގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނީގެ ގޮތުގައި އަނބުރާ ދައްކަައި، އިންޓްރެސްޓަށް ހޭދަ ކުރަން ޖެހުމެވެ. އަދި ވިދާޅުވީ ފައިނޭންސް ކުރާނެ ރަނގަޅު ޕްލޭނެއް ނެތި ދައުލަތުގެ ހަރަދުތައް މިގޮތަށް އުފުލެމުން ދިއުމުގެ ސަބަބުން ސަރުކާރަށް ހިދުމަތް ފޯރުކޮށްދޭ ކޮންޓްރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް އަދާކުރަންވާ ފައިސާ އަދާ ނުކުރެވި ބިލުތައް ފުނިޖެހިގެން ދިޔަކަމަށެވެ.
ޒަމީރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ރޭވުންތެރިކަމެއް، އަދި ޒިންމާދާރުކަމެއް ނެތި ”ފަނާކުރުވަނި“ ފިސްކަލް ޕޮލިސީއެއް ތަންފީޒު ކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު އޮތީ ހަރާބުގެ މަގަށް ހުށަހެޅިފައި ކަމަށެވެ. އަދި ސާފުކޮށް ފެންނަން އޮތް އާހިރު ނަތީޖާއަކީ މުޅި ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިގެން ދިއުންކަމަށް ވިދާޅުވި އެވެ.
ފައިނޭސްކުރާނެ ގޮތުގެ ޕްލޭނެއް ނެތިމެ ދައުލަތުގެ ހަރަދު މިގޮތަށް އުފުލަމުން ދިއުމުގެ އަނެއް ނަތީޖާއަކީ ސަރުކާރަށް ހިދުމަތް ފޯރުކޮށްދޭ ކޮންޓްރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް އަދާކުރަންވާ ފައިސާ އަދާނުކުރެވި ބިލްތައް ފުނިޖެހިގެން ދިއުން. ފާއިތުވި އަހަރުތަކުގައި، ރޭވުންތެރިކަމެއް، ޒިންމާދާރުކަމެއް ނެތް ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އޮތީ ހަރާބުގެ މަގަށް ހުށަހެޅިފައި. ސާފުކޮށް ފެންނާން އޮތް އާޚިރު ނަތީޖާއަކީ މުޅި ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިގެން ދިއުން.
އިގުތިސާދު އިތުރަށް ފުޅާކުރުމާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތަކަށް ކުރަންޖެހިފައި ހުރި ހޭދަތަކުގެ ނަމުގައި، ސަރުކާރުގެ ޚަރަދު ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ އިގުތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައި. މިގޮތުން، ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވާ، ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި. ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން.

