ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2025: ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރުން އަހަރަށް، ބަޖެޓު ބޮޑުވަމުން ދިއުމުގެ ކަންބޮޑުވުންފާޅު ކުރައްވައި މަޖިލީހުގެ ތަޅުމުގައި ޒަމީރު ވިދާޅުވީ ހަރަދު މެނޭޖު ކުރެވެން އޮތް ގޮތަކީ، ފައިސާ ޗާޕު ކުރަން ޖެހޭ ހާލަތު ނެތި ދިއުމުން ވެސް އެ މަގު އިހުތިޔާރުކޮށްގެން ކަމަށެވެ. ދައުލަތުގެ ހަރަދުތައް މެނޭޖު ކުރުމުގެ އެއްވެސް ޕްލޭނެއް ނެތި ފައިސާ ޗާޕު ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނީގެ ގޮތުގައި އަނބުރާ ދައްކަައި، އިންޓްރެސްޓަށް ހޭދަ ކުރަން ޖެހިފައިވާކަމަށެވެ.

މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި، އަދި ބަޖެޓުގައި އިސްކަމެއް ދީފައިވާ ދާއިރާތަކުގެ ތެރެއިން ޒަމީރު ފާހަގަކުރެއްވީ ބޯހިޔާވަހިިކަމާއި ސިއްހީ ނިޒާމެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމުގެ ދިގު ތާރީހެއް އޮތް ނަމަވެސް މިއަދުގެ ހަގީގަތަކީ ދިވެހި ރައްޔިތުން އެދޭ ފެންވަރުގައި ކެންސަރު ފަދަ ބޮޑެތި ސިއްހީ ބަލިތަކަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ދެވޭ ވަރަށް ވުރެ އެ ދާއިރާ ބަލިކަށިވެފައި އޮތުން ކަމަށެވެ. އެހެންކަމުން މި ހާލަތުން ގައުމަށް އަރައިގަނެވި، ސިއްހީ ނިޒާމު ގަރުދަނާކޮށް ފުޅާ ކުރުމަށް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތަކަށް، ޒަމާނީ އިންފްރާސްޓްރަކްޗާރ އާއި ވަސީލަތްތައް ގާއިމު ކުރުން ކޮންމެހެން މުހިންމުކަމުގައި ޒަމީރު ވިދާޅުވި އެވެ.

މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ.

ސަރުކާރުގެ ސިޔާސަތުތަކާއި، ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މަޝްރޫއުތައް ހިމަނާފައިވާނެ ކަމަށެވެ. ބަޖެޓުގައި ހުރި ފާހަގަކުރެވޭ ސިއްހީ ދާއިރައަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ޒަމީރު ފާހަގަކުރެއްވީ ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރުމެވެ. އަދި އެކި ރަށްތަކުގައި ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތައް ފުޅާ ކުރުމާއި އެކު އެ ތަންތަން ތަރައްގީ ކުރުމަށް ވަޖެޓުގައި އިސްކަން ދީފައިވާނެކަމަށް ޒަމީރު ވިދަޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: