ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޖެއަށް އެއްހީވުމަކީ އަބަދުވެސް ޗައިނާގެ ނިޔަތް: ޗައިނާ ސަފީރު

China Safeeru
ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޖަންގް ލީ ޖޮންގް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ނިޔަތަކީ އަބަދުވެސް ރާއްޖެއަށް އެހީވުން ކަމުގައި ޗައިނާއިން ދިވެހި ރާއްޖެ އަށް ކަނޑައަޅައިފައިވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

“ދަ ޑިޕްލޮމެޓު” ކިޔާ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ހަވާލާދީ ކުރެއްވި ޓުވީޓެއްގައި ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއިން ކުރިއަރަމުން އަންނަ ގައުމު ތަކަށް އެހީތެރިވަނީ ދެ ގައުމުގެވެސް ކުރިއެރުމަށް ކަމަށާއި ތަރައްގީއަށް އެހީވެދޭ އެހެން ގައުމުތަކާ ދެބަަސްވެ، ދެކޮޅުވެރިވުމަކީ ޗައިނާގެ މަގްސަދު ނޫންކަމަށެވެ.

ރާއްޖެއާއި އެކު ޗައިނާއިން ބާއްވާ ގުޅުންތަކުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށާއި އަދި ޗައިނާއަށް ފައިދާވެ، ރާއްޖެއަށް ގެއްލުންވާފަދަ އެއްވެސް ކަހަލަ ގުޅުމެއް އެގައުމުން ނުބާއްވާނެ ކަމަށްވެސް ޗައިނާގެ ސަފީރު ފާހަގަ ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއްބޭއްވި ގައުމަށް ޗައިނާ ވާއިރު އެކަމާއި ގުޅިގެން ޗައިނާއިން ވަނީ ރާއްޖެއަށް އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއު ތަކުގައި ޗައިނާއިން ބޮޑެތި އެހީތަކެއް ވެދީފައިވާއިރު، ސިނަމާލެ ބްރިޖަކީވެސް ޗައިނާގެ ބޮޑެތި އަދި ދީލަތި އެހީތެރިކަމެއް ލިބިގެން ހަދާފައިވާ ބްރިޖެކެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ނިމި މިހާރު އިބްރީހިމް މުހަންމަދު ސޯލިހުގެ ވެރިކަމުގައި ފެނިގެން ދަނީ، ކުރީގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާގެ އިން ގުޅުން މިހާރު އިންޑިއާ އާއި ރާއްޖެއާއި ދެމެދު ބަދަހި ކުރެވެމުންދާ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: