ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ސަފީރު ވިދާޅުވަނީ ދަރަނިތައް ނުދެއްކުނަސް ރަށްތައް އަތެއް ނުލާނެ ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކުނަސް ބަދަލުގައި ރަށެއް ނުނަގާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގައި ހިންގި މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން ޓްވީޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަފީރު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ނުދެއްކޭ ހާލަތުގައި ބަދަލުގެ ގޮތުގައި ރަށްތައް ނަގާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދިފަހުން ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި، ސަފީރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ފަރާތަށް ވެސް ފައިދާކުރާ ގޮތަށް ގާއިމުވެފައިވާ އޮންނަ ގުޅުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ތެރެއިން ވަކި ގައުމެއްގެ ފައިދާއަށް ނުވަތަ ނުފޫޒުން ކަންކަން ނިންމަން މަސައްކަތް ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ ދަރަނީގެ ދަންތުރަ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ ހިޔާލީ ވާހަކައެއް ކަމަށާއި، އެކަން ބޭނުންކުރަނީ ސިޔާސީ ގޮތުން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ދެ ގައުމުގެ ގުޅުން ހީނަރުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދަރަނި އަނބުރާ ނުދެއްކޭ ފަދަ ދައްޗެއް ކުރިމަތިވެފައިވާ އެއްވެސް ގައުމަކުން ދަރަނި އަނބުރާ ހޯދަން ޗައިނާއިން އެއްވެސް އިރެއްގައި ބާރު އަޅާފައެއް ނޯންނާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އެފަދަ ހާލަތެއްގައި ކުރިމަތިވާ މައްސަލައެއް ހައްލުކުރާނީ ދެ ފަރާތުންވެސް މަޝްވަރާކޮށްގެން، އެއްބަސްވުންތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއް ގޮތަށް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: