ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސާކަމަށް ނަޝީދު ދައްކަވަނީ ހިޔާލީ ވާހަކައެއް: ޗައިނާ ސަފީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އިން ރާއްޖެ ދަރަނީގެ މަޅިއެއްގައި ޖައްސާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ނަޝީދުއާ ހަވާލާދީ ބީބީސީން މިއަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ޗައިނާއަށް ރާއްޖެވަނީ 3.1 ބިލިއަން ޑޮލަރުން ދަރާފައި ކަމުގައެވެ. އަދި ޗައިނާއިން ލޯނު ނަގައިގެން ހިންގި މަޝްރޫޢުތަކުން ފައިސާ ހޯދައިގެން އެ ލޯނުތައް އަނބުރައި ދެއްކޭނެ ގޮތެއް ނެތް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ދަރަނި މަޅިއެއްގައި ޗައިނާ އިން ރާއްޖެ ޖައްސާފައިވާ ކަމަށް ނަޝީދު ވިދާޅުވާ ވާހަކަތަކާ ގުޅިގެން “ބީބީސީ” އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ ސަފީރު ވިދާޅުވީ އެއީ ނަޝީދު ދައްކަވާ ހިޔާލީ ވާހަކައެއް ކަމަށެވެ. އަދި ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހިފައިވާ އަދަދު ނަޝީދު ވިދާޅުވަނީ މިނަށް ވުރެ ބޮޑުކޮށްގެން ކަމަށްވެސް ސަފީރު ވިދާޅުވެފައެވެ.

މީގެއިތުރުން ސަފީރު ވަނީ ރާއްޖެ އަށް ވެސް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވެސް ލޯނު ދެނީ ޝަރުތަކާއި ނުލައި ކަމަށާއި އެއްވެސް ގައުމަކުން ނޭދޭ ކަމެއް ޗައިނާ އިން މަޖުބޫރު ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އީސް ނަޝީދަށް ފަހަރުގައި އެކަންކަން ހިނގާ ގޮތުގެ ޞައްޙަ މައުލޫމާތު ލިބިވަޑައިގެންފައި ނެތީ ކަމަށާއި، ޗައިނާއިން ދޭ އެއްވެސް ލޯނެއްގައި އެބާވަތުގެ ޝަރުޠެއް ނޯންނާނެ ކަމަށެވެ. އަދި ޗައިނާއިން ނަޝީދު ތުހުމަތުކުރައްވާ ޒާތުގެ ކަމެއް ކޮށްފައިވެސް ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: