ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމަގެ ފައްޓަރުބައިގެ ބަދަލުގައި ޗައިނާއިން އިހުތިޔާރުކުރީ އެކުވެރިކަން: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ރައީސް ނަޝީދުއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއްކަމަށާއި، ނަމަވެސް ދެޤައުމުގެ ގުޅުމަކީ އަގުކުރެވޭނެ ގުޅުމެއްނޫންކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވެފައިމިވަނީ މާމަގެ ފައްޓަރުބައި ވިއްކާލާފައި ވެސް ރާއްޖެ އިން ޗައިނާ އަށް އަދާކުރަންޖެހޭ ދަރަނިތައް އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވާ ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ޖީ20 ގެ ޤައުމުތަކަށް ދަރަނި އަދާކުރުމުގައި ޗައިނާއިން ފަހިކޮށްދިން ލުއިފަސޭހަ ސިޔާސަތު ހިމެނޭ ޚަބަރާއެކު ވިދާޅުވީ، މާމަގެ ފައްޓާރުބަޔަކީ ފައިސާގެ ގޮތުން އަގުހުރި އެއްޗަކަށް ވާނެކަމަށެވެ. ނަމަވެސް ދެޤައުމެއްގެ ރަހުމަތްތެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ދަރަނި ބޮޑުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށާއި ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށެވެ. އަދި ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށާއި ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: