ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޓީއޭގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ: ސަފީރު

China Safeeru
ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޖަންގް ލީ ޖޮންގް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް  ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން މި ވިދާޅުވީ އެފްޓީއޭގެ އެއްބަސްވުމަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށާއި އެ އެއްބަސްވުމުގައި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ކުރާނެ ކަންކަން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ފައްޔާޒަށް ނުސީދާކޮށް ރައްދު ދެއްވައި ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްޓީއޭ އަކީ ދެ ގައުމަށް ވެސް އޭގެއިން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ޗައިނާއިން 22 ޕާޓުނަރުންނާއެކު 18 އެފްޓީއޭގައި ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެފްޓީއޭގެ ސަބަބުން އޭގެއިން އެއްވެސް ގައުމެއްގެ ވިޔަފާރީގެ ގުޅުންތަކަށް ހީނަރުކަން އައިސްފައި ނުވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: