ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ފަތަޙަކުރަން ލަޝްކަރެއް ނިކުންނަނީ

ޕީޕީއެމް އަށް މެމްބަރުން ސޮއި ކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި އަވަހަށް އިދިކޮޅު ލަޝްކަރު ނިކުމެ ދިވެހިރާއްޖެ ފަތަޙަކުރާނެކަމަށް ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަށް ވަނުމަށް މީހުން  ސޮއިކުރުމަށް ބުދަދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި ޢަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުންރާއްޖޭގެ ވެރިކަމާއި ހަވާލުވާކަށް މާ ގިނަ ދުވަސްތަކެއް ދެން ނެތްކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ސަރުކާރާއި ހަވާލުވުމަށްފަހު އެންމެ އިސް މަސްއޫލިއްޔަތެއްކަމަށްވާނީ ބައިތުލްމާލު ކައި ހުސްކުރި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ވެސް ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުރަޙީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި ތިއްބެވީ ޤައުމާއި ދޭތެރޭ އެއްވެސް ކުލުނެއްހުރި ފަރާތްތައް ނޫންކަމަށެވެ. މި ގޮތުން ބަލަބަލައި ހުއްޓާ ދިވެހި ދައުލަތުގެ ޚަޒާނާ ވަނީ އެކީއެކަށް ކައި ހުސްކޮށްފައިކަމަށް ވެސް ޢަބްދުއްރަޙީީމް ވިދާޅުވިއެވެ.

އަދި ނަޒަރު ހިންގައިލާ ކޮންމެ ދިމާއަކުން ވެސްމ ފެންނަނީ ވައްކަން ކުރާ މަންޒަރުކަކަމަށާއި އޮޑިޓެއް ކުރިޔަސް ފެންނަނީ ވައްކަން ކަމަށެވެ. ނަމަވެސް ވައްކަމުގެ ޒިންމާ ނަގާނެ އެއްވެސް ބަޔަކު ނެތްކަމަށާއި ފެނިގެންދަނީ ކާނެ ވަރަކަށް ކައިގެން ޒިންމާއިން އެއްކިބާވާތަންކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ގޮތުން ރާއްޖެ މި ފަދަ ހާލަތަކަށް ގޮސްފައިވުމުން ވައްކަންކުރި ވަގުން ހިފަން ނިކުންނަން މަޖުބޫރުވެއްޖެ ކަމަށާއި އެ ކަން ކުރުމަކީ ރައްޔިތުންގެ ކޮނޑުގައި މިއަދު އެޅިފައި އޮތް އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި ރައީސް ޞާލިޙުން ފެށިގެން ދަށަށް ތިބި ހުރިހާ ބޭފުޅުންނަކީ ވެސް ވަގުންނެވެ. މީގެ އިތުރުން އޭނާ ވަނީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންއާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ބޮލުގައި ކަންކަން އެޅުވުމަށް ފަހު ރައީސް ޞާލިޙަށް ކަންކަމުން ރެކިވަޑައިގެން ނުހުންނެވޭނެކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: