ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން  ބުނީ އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.

ހިނގަމުން މިދާ 2020 ވަނަ އަހަރުގެ އެސްޓީއޯގެ ޢާންމު ޖަލްސާ ބާއްވަން އެ ކުންފުނިން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ. ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އެސްޓީއޯގެ ވެބްސައިޓްގައިވާ އޭޖީއެމްގެ ވެބްޕޭޖް (agm.sto.mv)މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޖަލްސާގެ އެޖެންޑާ އާއި ޖަލްސާއާއި ގުޅުންހުރި އިތުރު މަޢުލޫމާތު އޭޖީއެމް ވެބްޕޭޖުން މެދުވެރިކޮށް ލިބެން ހުންނާނެކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ޖަލްސާގައި 2019 ވަނަ އަހަރު އެ ކުންފުނީގެ އަހަރީ ރިޕޯޓުގެ އިތުރުން ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވައިލި މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތައް ހުށަހެޅުން އޮންނާނެއެވެ. އަދި ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޚުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި ގޮތުން 2019 ވަނަ އަހަރު އެސްޓީއޯގެ ޖުމްލަ ފައިދާ ވަނީ 2018 އާއި އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ. އޭގެ އިތުރުނަ ހިންގުމުގެ ފައިދާ 80 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ހަމައެއާއެކު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: