ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ދުއްވުން މަނާ ކުރީ ޒުވާނުންގެ އިޖްތިމާއީ އެއްވުންތައް ހުއްޓުވުމަށް

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީޤު ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގަނޑު 20:00 ފެށިގެން ފަތިހު 05:00 ވެހިކަލް ދުއްވުން މަނާ ކުރީ އެންމެ ބޮޑަށް ބަލިފެތުރޭ ކަމަށް ބެލެވިފައިވާ ޒުވާނުންގެ އިޖްތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުވުމަކަށް ގެނައުމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއް މެދުވެރިކޮށް ބުނެފައިވަނީ ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށާއި މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފައި. ބަލި ޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ބޭފުޅުންވެސް ބަލިފެތުރުން މަޑު ޖެއްސުމަށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުން.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް އެޗްޕީއޭ އިން ގެނައި ބަދަލާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭ ނަމަވެސް ވަޒީފާ އަށް މާލެ އަންނަން ޖެހޭ މީހުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުކޮށް އެޗްޕީއޭ އަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: