ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ޕޮސިޓިވިޓީ ރޭޓް މިހާރު ހުރީ 10 އިންސައްތައިގައި

ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟
މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިވަގުތު ހުރީ 10 އިންސައްތައިގައިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުގެ ޑިސެންބަރު ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ ޕޮސިޓިވިޓީ ރޭޓްހުރީ 3 ޕަސެންޓްގައެވެ. ނަމަވެސް ޖެނުއަރީ ފެށުނުއިރު އެ އަދަދު ހުރީ 4 ޕަސެންޓްގައެވެ. ޖެނުވަރީ 12 އިން ފެށިގެން ޕޮސިޓިވް މީހުންގެ އަދަދު އިތުރުވެ، އެ މަހުގެ 12 އިން 18 އަށް ޕޮސިޓިވްވިރޭޓްހުރީ 18 ޕަސަންޓްގައެވެ.
މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ޖަނުވަރީ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 45 ޕަސެންޓްގައެވެ. ނަމަވެސް އެ އަދަދު ފެބްރުއަރީ 9ވަނަ ދުވަހުން ފެށިގެން ދިޔައީ ދަށްވަމުންނެވެ.
މާލެ ސަރަހައްދަށް ބަލާލާއިރު މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ ޕޮޒިޓިވިޓީ ރޭޓް 10 ޕަސެންޓްގައި ހުންނަތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސްވެފައެވެ.
އަތޮޅުތަކުގެ ތަަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެންބަރު ފުރަތަމަ ދުވަހު އަތޮޅުތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 12 ޕަސެންޓްގައެވެ. އަދި ޖަނަވަރީ ފެށުނުއިރު އެ އަދަދު ހުރީ 12 ޕަސެންޓްގައެވެ. ނަމަވެސް ޖަނަވަރީ 12 އިން ފެށިގެން އަތޮޅުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ޖެނުވަރީ 12 އިން 18 އަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 23 ޕަސެންޓްގައެވެ. އަދި ޖަނަވަރީ 19 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 43 ޕަސެންޓް މައްޗަށް ގޮަސްފައެވެ.
އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދިވެސް އަތޮޅުތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 50 ޕަސެންޓްގައެވެ.

މުޅި ރާއްޖެއަށް ބަލާއިރު ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 20 ޕަސެންޓްގައެވެ. ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ ޖަނަވަރީ 26 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 36 ޕަސެންޓްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: