ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދައިފިނަމަ 15 އަހަރުގެ ޖަލު ހުކުމެއް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޝްވަތުގައި ހިފުމާއި އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މިއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއެވެ. ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.

މީގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެކެވެ. މިފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް އިސްލާހުގައިވެއެވެ.

މި އިސްލާހުގައިވާ ގޮތުން ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމަށް ވާއިރު، އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރިޝްވަތުގެ ކުށް ސާބިތުކުރުމަށްޓަކައި، ދައުލަތުގެ މުވައްޒަފަކު ހޯދުމަށް އެދުނު ނުވަތަ ޤަބޫލުކުރުމަށް އެއްބަސްވި ނުވަތަ ޤަބޫލުކުރި މަންފާއަކީ، ނުވަތަ ދައުލަތުގެ މުވައްޒަފަށް މަންފާއެއް ދިނުމަށް ހުށަހަޅާ ފަރާތުން ދިނުމަށް ވަޢުދުވި މަންފާއަކީ، ދައުލަތުގެ މުވައްޒަފަށް ޙަޤީޤަތުގައިވެސް ލިބުނު މަންފާއަކަށްވުމަކީ ލާޒިމުކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: