ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ގޯތި ދޫކުރުން އިންސާފުވެރި ނުވާނެ: ސިރާޖް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ހިލޭ ގޯތިދޫކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުފެންނާތީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއް ހުށައަޅައިފިއެވެ.

ސިރާޖު ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ފަހަކަށް އައިސް ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއު  އަކީ ހިޔާ މަޝްރޫއު ކަމަށާއި އެ މަޝްރޫއުގެ ދަށުން ހަތް ކެޓަގަރީއަށް ފޯމް ބަހައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ 6720 އާއިލާއަށް ފްލެޓް ދިފައިވާ ކަމަށެވެ.

ފްލެޓް ތަކަކީ މަހުން މަހަށް ފައިސާ ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށް ރާއްޖޭގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ދީފައިވާ ފްލެޓްތަކެއް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ކެޓެގަރީގެ ތެރެއިން  H8 އަކީ މާލޭ ރައްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެއް ކަމަށާއި އެ ކެެޓެގަރީ އިން 1172 މީހުންނަށް ފްލެޓް ދީފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުން  H9 ކެޓެގަރީގައި މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ފްލެޓް ދެވިފައިވާ ކެޓެގަރީއެއް ކަމަށާއި އެ ކެޓެގަރީން 1004 މީހަކަށް ފްލެޓް ދީފައިވާ ކަމަށް ސިރާޖު މަޖިލީހަށް ހުށައެޅި މައްސަލައިގައިވެއެވެ.

 

ސިރާޖު ވިދާޅުވީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތުގައި އިތުރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ.

މާލެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ އެކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ސަރުކާރުން ވަނީ މާލެ ސަރަހައްދުން 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތިލާން ހުޅުވާލާއިފައެވެ.

މާލެ ރައްޔިތުންނަށް 3000 ގޯތި ދޫކުރާނީ ގުޅީފަޅާއި ހުޅުމާލެއިންނެވެ.

ސަރުކާރުން މި ސްކީމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހަ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް ނެތް މީހުންނާއި 600 އަކަ ފޫޓަށްވުރެ ކުޑަ ބިންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 1000 އަކަފޫޓާއި 600 އަކަފޫޓާއި ދެމެދުގެ އަދަދެއްގެ ބިމެއް ވާރުތަވާން އޮތް މީހުން ހިމެނެއެވެ.

އެސްކީމަށް ވަކި ފަރުދެއްގެ ހައިސިއްޔަތުން ނުވަތަ އާއިލީ މެމްބަރުންނާއި ގުޅުގެން ވެސް ހުށައެޅިދާނެއެވެ.

ސަރުކާރުން ދޫކުރާ ގޯތިތަކުގެ އެންމެ ކުޑަ މިންވަރަކީ 1225 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށައަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެއަކަކަށް ވުރެ އިތުުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓް އިތުރުކުރެވޭނެއެވެ. އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4000 އަކަފޫޓާ ހަމައަށެވެ.

ފްލެޓް ލިބޭނީ މާލޭގެ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނެއެވެ.

ގުޅީފަޅުން ބޯހިޔާވަހިކަމަށް 140 ހެކްޓަރުގެ ބިން ހިއްސާ ކުރެވޭނެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: