ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ އަނިޔާވެރިކަން އިޔާދަވާ މަންޒަރު އަސްލު އެމްޑީޕީއަކަށް ބަލައި ނުގަނެވޭނެ: ސިރާޖް

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އިންތި ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ރައްޔިތުން ދެކޮޅުވީ އެއް ސަބަބެއްގެ ގޮތުގައި ވަޒީފާގެ ބިރު ދެއްކުމާއި އަނިޔާވެރިކަން ފާހަގަ ކުރައްވާ މިއަދު އެނެއްކާވެސް އެކަން އިޔާދަވާ މަންޒަރު ފެންނަކަމުގައިއާއި މިއީ “އަސްލު” އެމްޑީޕީއަށް ބަލައިގަނެވޭނެކަމެއް ނޫންކަމުގައި ފޮނަދޫ ދާއިރާގެެ އެމްޑީޕީ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުން އެންމެ ފޯރިގަދަވެފައިވާ ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ފޮނަދޫގައި އިންތިގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިރާޖް ވިދާޅުވީ އެމްޑީޕީގެ އުސޫލަކީ ބިރުދެއްކުމާއި އަނިޔާވެރިކަމާއި ހިލާފަށް އިންސާނީ ހަމަ އިސްކޮޅަށް ތެދުވެ އެމީހާ ބޭނުންވާ ހިޔާލެއް ފާޅު ކުރުމުގެ ފުރުސަތު ލިބޭނެ ގޮތަށް، މިނިވަންކަމާއިއެކު އެމީހަކު ތާއީދު ކުރައްވާ ސިޔާސީ ބޭފުޅަކާއިއެކު ހުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމުގައެވެ.

އެމްޑީޕީއަށް މިއަދު ދިމާވެފައިވާ ހާލަތާއި މެދު ހިތާމަ ކުރަންޖެހޭކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ އެ އިތުބާރު އަލުން ދަމަހައްޓައި ޕާޓީގެ ހަމަ އުސޫލު ގެނެވޭނީ ޗެއާޕާސަނަކަށް އިންތި ގެނެސްގެން ކަމަށެވެ. ޕާޓީގެ ފާއިތުވެ ދިޔަ އުނދަގޫ އަހަރުތަކުގައި އެއްވެސް ދެވަނަ ހިޔާލެއް ނެތި ކުރިޔަށް ދިޔަ މަދު މެމްބަރުންގެ ތެރޭގައި އިންތި ހިމެނޭކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންވެ ޕާޓީގެ ކޮންމެ އާއްމު މެމްބަރެއްގެ ވެސް އިންތިއާއި މެދު އިތުބާރާއި، އިހުސްލާސްތެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޔާމީންގެ ސަރުކާރާއި އެކު މަގުމަތީ ހޭދަ ކުރަން ޖެހުނު ހަތް އަހަރުގައި އިންތިއަކީ ކޮންމެ ދުވަހު ޕާޓީއަށް ގުރުބާނީވީ ބޭފުޅެއްކަމަށް ސިރާޖު ވިދާޅުވި އެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތާއި އެކު ގެނައި މި ސަރުކާރުގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް އެބަ ހުރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އިސްލާހު ކުރަން ބޭނުންވާ ކަންތައްތަކަށް ވާހަކަދެއްކެވުމުން ސަރުކާރުން ބާކީ ކުރާ ކަމަށެވެ. އަދި އަސްލު އެމްޑީޕީ ބޭނުންވާ ގޮތަށް ސަރުކާރެއް ބައްޓަން ކުރެއްވުމަށް އިންތި ނިކުމެ އެހުންނެވީ މިފަދައިން ހިގަމުންދާ ކަންތައްތައް ބަދަލު ކުރަންކަމުގައި ސިރާޖް ވިދާޅުވިއެވެ.

މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިމިވާ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގަިއ ވަނީ ދެ ފެކްޝަނެއް އުފެދި އެއް މެންބަރަކު އެނެއް މެންބަރަކަށް ފާޑުކިޔުން އާންމުވެފައެވެ. އަދި ސިރާޖް ދެންނެވި ނުފޫޒުގެ ބޭނުން ނަޖާއިޒު ގޮތުގައި ކުރެއްވުމާއި ވަޒީފާގެ ބިރުދެއްކުމާއި އަނިޔާވެރިކަމުގެ ތުހުމަތުތަކަކީ ދެން މިއިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްގެ ބޮލުގައި އަޅުވަމުންދާ ތުހުމަތުތަކެވެ.

މިފަދަ ތުހުމަތުތަކެއް ސަރުކާރުގެ ވަޒީރެއްގެ ބޮލުގައި އެޅުވެމުންދާއިރުވެސް މިކަމާއި މެދު ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ހަދާފައި އޮންނަ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅާ ހާޒިރު ނުކުރައްވަނީ ކީއްވެގެންކަމާއިމެދު ފައްޔާޒްއަށް ތާއީދު ކުރައްވާ ބޭފުޅުންދަނީ ސުވާލު އުފައްދަވަމުންނެވެ. އަދި މިގޮތަށް ހާޒިރު ކުރެވިފައިނެތުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ދެކެވޭ ވާހަކަތަކުގެ ހެއްކެއްކަމުގައި އެބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިފަދަ ތުހުމަތުތަކާއި މައްސލަަތަށް މިހާރު ޕާޓިގެ އޮފީހުން ބަލަން ފަށާފައިކަމަށް މައުލޫމާތުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: