ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާނު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ މީހަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ، ކުރިން ނެރުނު އިއުލާން ބާތިލްކޮށް، އަލުން ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެހެން ކަމުން ކުރިން އެ މަގާމަށް ކުރިމަތިލި މީހުން އަލުން ފޯމު ހުށަހެޅުމަށް އިއުުލާންގައި ވަނީ ބުނެފައެވެ. އަދި އެފަރާތްތަކުން އިތުރު އެހެން ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނެފައިވަނީ، އެ މަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށެވެ. އަދި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް (admin@jsc.gov.mv)އަށް ފޮނުވަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުޖާއު އުސްމާން އަދި ފަނޑިޔާރު ހަސަން އަލީގެ ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެމީހުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު ހަސަން އަލީ އިސްތިއުފާ ދެއްވުމާއި ގުޅިގެން މީގެ ކުރިންވެސް ވަނީ ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: