ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މާލެ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުން: މިނިސްޓަރ އަސްލަމް

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންގެ ތެރެއިން ގޯއްޗެއް ނެތި 5،122 އާއިލާ އެބަ ތިބި ކަމަށާއި، އެފަދަ މީހުންނަށް ދިރިއުޅޭނެ ވަކި ތަނެއް ނެތްއިރު މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި މާލެ ރަށްވެހިންނަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ އިންސާފުވެރިވާނެ ގޮތަކީ ވެސް މާލެ ރަށްވެހިންނަށް އަމާޒުކޮށްގެން އެފަދަ މަޝްރޫއުތައް ކުރިޔަށް ގެންދިއުން ކަމަށެވެ.

މާލޭގެ ރައްޔިތުންގެ މައިންބަފައިންނަށް ލިބޭ ތަންކޮޅު ބަހަމުން ބަހަމުން ގޮސް އޮންނަނީ ދިރިއުޅެވޭ ވަރަށް ކުޑވެފަ.ަ  މާލެ ރައްޔިތުން އުޅެނީ އިތުރު ޗޮއިސް އެއް އޮވެގެން ނޫން. މާލެ ސަރަހައްދުގައި ކުރާ ކަމަކަށް ވުމުން މާލެ ރައްޔިތުންނަށް މިފަދަ މަޝްރޫއުތަކުގައި ހާއްސަ ކުރަންޖެހޭ”  މިނިސްޓަރު  ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަސްރޫއު ގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ދިނުމަށް ނިންމި ކެޓަގަރީތަކުގެ ތެރެއިން ހަތަރު ކެޓަގަރީއަކުން އަދަދު މަދުކޮށް މާލެ ރަށްވެހިންގެ ކެޓަގަރީ އަށް ފްލެޓު އިތުރު ކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: