ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން 10 ހޮސްޕިޓަލަކަށް ޕީޕީއީ ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

މިގޮތުން މި ހޮސްޕިޓަލްތަކަށް ވަނީ 500 ފޭސް ޝީލްޑް ހަދިޔާކޮށްފައެވެ.

ޕީޕީއީ ހަދިޔާ ކޮށްފައިވާ ހޮސްޕިޓަލްތަކަކީ

1. އައިޖީއެމްއެޗް
2. ހއ. އަތޮޅު ހޮސްޕިޓަލް (ހއ. ދިއްދޫ)
3. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
4. ނ. އަތޮޅު ހޮސްޕިޓަލް (ނ. މަނަދޫ)
5. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
6. ވ. އަތޮޅު ހޮސްޕިޓަލް (ވ.ފެލިދޫ)
7. ފ. އަތޮޅު ހޮސްޕިޓަލް (ފ. ނިލަންދޫ)
8. ތ. އަތޮޅު ހޮސްޕިޓަލް (ތ. ވޭމަންޑޫ)
9. ގަން ރީޖަނަލް ހޮސްޕިޓަލް
10. ގއ. އަތޮޅު ހޮސްޕިޓަލް (ގއ. ވިލިނގިލި)

ބީއެމްއެލް އިން ބުނީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަށް ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ބޭންކުން ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: