ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެއްލައިދޫ ބަނދަރުގެ %32 މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންބައިކުޅަ އެއްބައިގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން މިހާރު %32 މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ އިތުރު ތަފްސީލު ހާމަކުރަމުން އެމްޓީސީސީން ވަނީ ނެއްލައިދޫގެ އެއްގަމުތޮށިލުމަށް ބޭނުންވާ ގައު މި މަހު 25 ވަނަ ދުވަހު އެ ރަށަށް ގެންގޮސްފައިވާކަމަށް ބުނެފައެވެ. އަދި އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުތެރެ ފުންކުރުމަށް ހަމަޖެހިފައިވާކަމަށާއި ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުުރުން 164 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށާއި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި ބަނދަރުގައި ބައްތިޖަހައި ރޭމްޕެއްހެދުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ހުސްވި އަހަރު އޯގަސްޓުމަހުގެ 27 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވި މި މަޝްރޫޢުއަށް 47.62 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: