ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުމެއް މާދަމާ!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައިކޯޓުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

މިއީ އިބްތިދާއީ އަޑުއެހުން ބާއްވާ، ޝަރީއަތް ނިމެންދެން ބަންދު ކުރިފަހުން ބާއްވާ ފުރަތަމަ އަޑުއެހުމެވެ. އަދި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ 01:30 ގައެވެ. ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރުކޮށްފައިވަނީ އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމާއި އަދި މީގެ ކުރިން ބަންދުގައި ބެހެއްޓިއިރު ފިލަން މަސައްކަތްކޮށްފައި ވާތީއެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރު ކުރުމުން އަދީބް ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިވަގުތު ވެސް ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އަދީބް ވިދާޅުވިއެވެ.

ދައުލަތުން  އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:

  • މަނީ ލޯންޑްރިންގެ ދެ ދައުވާ
  • ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

އަދީބުގެ ޝަރީއަތެއް މާދަމާއަށް ތާވަލު ކުރިއިރު، އަދީބަށް ބޭނުންވާ ފަރުވާގެ ފުރުސަތު ފަހިކޮށް ދިނުމަށް އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލާފައެވެ. އެމްނެސްޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ގޮސްފައިވާ ހިސާބާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އަދީބަށް ސިއްހީ މައްސަލަތައް ދިމާވެފައިވާކަމާއި، ދިމާވަމުންދާ ދަތިތަކުގެ ވާހަކަތައް ފާހަގަކުރުމުން ވެސް އެކަމަށް ބެލުމެއް ނެތި ޖަލަށް ގެންގޮސްފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލި ހަތް ދައުވާއެއް، އެ ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ވެސް ކަންބޮޑުވާކަ މެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: