ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ބަލާނެ ގޮތުގެ އުސޫލްތައް ކަނޑައަޅައިފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މިއީ، ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާބެހޭ އިޖުރާއަތުތައް އެކަށައަޅައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު( ގެ 67 ވަނަ މާއްދާގެ (ރ) އާއި، އެ މާއްދާގެ (ދ) އާއި، 96 ވަނަ މާއްދާގެ (ށ) އާއި، 108 ވަނަ މާއްދާގެ (ނ( އާއި، 110 ވަނަ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

.މި ގަވާއިދުގެ މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށްކަމަށް  ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާތީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކަކީ، އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުމާއި، އެ މަސައްކަތްތަކަކީ ކުޑަކުދިންނާ އަހުލުވެރި އަދި ޗައިލްޑް ސެންޓަރޑް މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުމަކީ މި ގަވާއިދުގެ މަގުސަދެކެވެ.

ހަމައެހެންމެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ރ( އާއި، (ދ) އަށް ރިޢާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުންނާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް އެއްގޮތް އުސޫލަކުން ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ކަނޑައެޅުމަކީ ވެސް ގަވާއިދުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 108 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުން، އެ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އިޖުތިމާޢީ އެހީތެރިކަން ދިނުމުގެ ޚިދުމަތް ދިނުމާބެހޭ އުސޫލުތައް ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމަކީ ވެސް ގަވާއިދުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީ އެކުލަވާލާފައިވާ ގަވާއިދުގައި ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ނިޒާމުގައި ހިމެނެން ޖެހޭނެ ބައިތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގެ ދަށުން ކޭސް މެނޭޖްކުރުމުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އަޅަންޖެހޭ އިންޓަރވެންޝަން ފިޔަވަޅުތައް އެޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. އަދ ކުޑަކުދިންނާ ގުޅޭ ޖިނާއީ ކުށުގެ ޢަމަލުތަކާ ގުޅޭގޮތުން އެހީތެރިކަން ދިނުން. ވެސް މައްސަލަތައް ތަހުގީގު ކުރުމުގެ ނިޒާމުގައި ހުންނަން ޖެހޭނެކަން ވަނީ ގަވާއިދުގައި ކަނޑައަޅާފައެވެ.

މީގެއިތުރުން ޖެންޑަރ މިނިސްޓްރީން ކަނޑައެޅި ގަވާއިދުގައި ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ނިޒާމުގައި ހިމެނެން ޖެހޭ ފަރާތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީގޮތުން ޤާބިލު އަދި ނަޒާހަތްތެރި މުވައްޒަފުންކަން އެ އިދާރާތަކުން ކަށަވަރުކުރަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން އާންމު ކުރި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަދަ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދިނުމާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ގުޅިގެން،  ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ އެސެސްމަންޓުގެ އަމުރު ތަންފީޛުކުރުމާއި، އަދި ކުއްޖަކަށް ޖިންސީ އަނިޔާ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާކަމަށް ބެލެވޭ މައްސަލައެއްގެ ރިޕޯޓު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، އެ މައްސަލައެއްގެ ތަޙުޤީޤަށް ބޭނުންވާ ހެކި ރައްކައުތެރި ކުރުމަށްޓަކައި ކުއްޖާއަށް ނުވަތަ ކުއްޖާގެ ޢާއިލާއަށް ދޭންވީ އިރުޝާދު ވީ އެންމެ އަވަހަކަށް އެ ފަރާތްތަކަށް ނުވަތަ ކޭސް ވާރކަރަށް ދީ، އެ މަޢުލޫމާތު ކުއްޖާއަށް ނުވަތަ ކުއްޖާގެ ޢާއިލާއަށް ދެވޭކަން ކަށަވަރުކުރުމަކީ ވެސް ފުލުހުންގެ ޒިންމާއެއް ކަމަށް ވަނީ ގަވާއިދުގައި ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން އކުލަވާލާފައިވާ މި ގަވާއިދުގައި ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ނިޒާމުގައި ސިއްހީ ފަރާތްތަޖުގެ ޒިންމާއާއި އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަދި މައްސަލައެއް ކަމާއި ބެހޭ ފަރާތްތަކަށް ހުސަހެޅުމުން އަމލު ކުރަން ޖެހޭނެ ގޮތާއި އެ ނޫން ވެސް ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ނިޒާމުގައި އަމަލު ކުރަން ޖެހޭ ގިނަ ކަންކަން ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: