ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީވަށް ބަނދަރުގެ 55 އިންސައްތަ، މަޑުއްވަރީ ބަނދަރުގެ 29 އިންސައްތަ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވިއަހަރު ޖުލައި 02 ގައި އެމްޓީސީސީން ފަށާފައިވާ ށ.ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

2019 ވަނަ އަހަރު ޖުލައިމަހުގެ 02 ގައި އެމްޓީސީސީން ހަވާލުވެފައިވާ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ  97 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި ހަމަ އެހެންމެ މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށާއި 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުމަށާއި 644 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުުރުން ނެރު ބައްތިޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތްކުރަން ވެސް ހަމަޖެހިފައިވެއެވެ.

ށ.ފީވަކުގެ އިތުރުން ރ.މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ވަނީ މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށް ބުނެފައެވެ.

މި މަޝްރޫޢުގެ ކުރިއަށްހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެ ރަށު ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާނެ ބޮޑު ހިލަ މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށެވެ. މި ތަކެތި އެ ރަށަށް ގެންގޮސްފައިވަނީ މި މަހުގެ 25 ގައިކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އޭގެ އިތުރުން މި މަޝްރޫޢުގެ ދަށުން 72،800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމަށާއި 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖަހައި 2،825 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު ނެރު ބައްތިޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހު 29 ގައި އެމްޓީީސީސީން ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުއަށް 68.66 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: