ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަހަކުވެސް މަޖްުލީހުގެ އެއްވެސް ތަޙުޤީޤަކުން ބަޔަކު ކުށްވެރިއެއްނުވޭ!

ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ކުރި އެއްވެސް ތަހުގީގަކުން ބަޔަކު ކުށްވެރިވެފައި ނުވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެކިއެކި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި އެކި ކޮމެޓީތަކަށް ހާޒިރު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ޑރ ޝަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކަމެއް ތަޙުޤީޤުކުރަން މަޖްލީހަށް ބަޔަކު ޙާޒިރުކޮށްފި ނަމަ މާނައަކީ އެއުޅެނީ ކޮންމެވެސް ޖަރީމާއެއް ފޮރުވަން ކަމަށެވެ. އަދި އެކަމުގެ އެއް ހެއްކަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެންނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ ޝަހީމް ވިދާޅުވީ ޖަވާބުދާރީވާން ފުރުސަތު ނުދީ މަޖިލީޙުން ނިންމީ އެންމެ މައްސަލައެއް ކަމަށާއި އެއީ މަރުކޮމިޝަންގެ ތަޙުޤީޤު ރިޕޯޓާއި ގުޅިގެން ބެލި މައްސަލަ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ޑރ. ޝަހީމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވާތީއެވެ. އަދި ޑރ ޝަހީމްގެ މައްސަލަ ބަލަން މަޖިލީހުގައި މި މައްސަލަ ތަހުގީގު ކުރި ކޮމެޓީން ވަނީ ނިންމާފައެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ.  މި މެސެޖު  ޑރ.ޝަހީމްއަށް  ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ  ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ޝަހީމު ލިޔުމުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވީ ދުވަހު އަފްރާޝީމް، އޭނާއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  އަފްރާޝީމް އަވަހާރަކޮށްލި ރޭގެ  ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް އެދިލެއްވީ އޭނާ އަށް އެ ޕްރޮގްރާމަށް، އެރޭނެ ކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޑރ ޝަހީމު ވިދާޅުވި ނަމަވެސް، އަފްރާޝީމް ޓީވީއެމްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިން ވެސް އެ ދެ ބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޝަހީމު ކަމާއި، އަދި އެ ޕްރޮގްރާމަށް އަފްރާޝިމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި، އެއީ ކުރީން އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިއުލާން ކުރުމަށްކަން ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން  ޑރ އަފްރާޝީމް  ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ  އިސްލާމިކް މިނިސްޓްރީގައި ނޫސް ކޮންފަރެންސެއް ބާވައިދެއްވަން ޑރ ޝަހީމު ހުށަހަޅުއްވާފައިވާކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އާއި ތ. އޮމަދޫ މީހެއް ކަމަށްވާ ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: