ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީ ހުއްޓުވުމަށް ރައްޔިތުން ނިކުތުމަށް އަދުރޭ ގޮވާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއާއި ރާއްޖެއާ ދެމެދު ފަށަން ތައްޔާރުވެފައިވާ ކާގޯ ފެރީ  ހުއްޓުވުމަށް ރައްޔިތުން ނިކުތުމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމު ޢަބްދުﷲ ގޮވާލިއިފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު ޕީޕީއެމް އޮފީސް ދޮރުމަތީގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ ކާގޯ ފެރީއަކީ ދިވެހި ޤައުމުގެ އިގުތިސާދުގެ ހަލާކުކަމަށެވެ.

އަދުރޭ ވިދާޅުވީ ކާގޯ ފެރީއަކީ ދިވެހިންގެ އިސްތިގުލާލާއި މިނިވަންކަން ގެއްލި އަޅުވެތި ކަމުގެ ފެށުންކަމަށެވެ.

މި ރެލީގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، ކުރިން ރާއްޖެ އަޅުވެތި ވި ފަހަރުތަކުގައި، ބޮޑު ތިލަދުންމަތީގެ ފަހުލަވާނުން ޤައުމަށްޓަކައި ތެދުވެ މިނިވަންކަން ދިފާއުކުރެއްވި ކަމަށެވެ. މިއަދު ރާއްޖޭގެ އެހެން ހުރިހާ ހިސާބަކުން ބޮޑުތިލަދުން މައްޗަށް އަރާ ކުޅުދުއްފުށީގައި ކާގޯ ފެރީ ބަނދަރުކުރިޔަ ނުދީ ހިފަހައްޓަން ޖެހޭކަމަށެވެ.

އަދުރޭ ވިދާޅުވީ ދިވެހިރައްޔިތުންގެ މުދަލުން ވައްކަންކޮށް، ޒުވާނުން ޖޫރިމަނާކޮށް ޒުވާނުން ބިކަކުރުމުން ޒުވާނުން މަޑުން ނުތިބޭނެކަން މިއަދު ޒުވާނުން ދައްކުވައިފިކަމަށެވެ. އަދި މިއީ ފެށުމެއްކަމަށާއި، ޒުވާނުންނަށް މިކަން ވާނޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މިއަދުގެ ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: