ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ފަށައިފި

އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ
މަސައްކަތްތައް ފަށައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ފަށާފައިވަނީ މި މަހުގެ ހަތާވީސް ވަނަ ދުވަހުގައެވެ.

އއއއ

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މިއަދު ވަނީ ބުނެފައެވެ.

އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހަތާވީސް ހާސް ސަތޭކަ ނަވާވީސް ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ދުއިސައްތަ ތިރީސް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި ދުއިސައްތަ އަށް މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

‏”ލ.އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 27 އޯގަސްޓް 2020 ގައި ފެށިއްޖެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް. މި މަޝްރޫޢުއަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ.” އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ އެހެނިހެން މަސައްކަތްތަކުގެތެރޭގައި ނުވަދިހަ އަށް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފަނަރަސަތޭކަ ފަސްދޮޅަސް ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު އަށާރަ ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަށް އީއައިއޭ ހުއްދަ ލިބިފައިވަނީ މި އަހަރުގެ މެއިމަހުގެ ހަތާވީސް ގައެވެ. އެމްޓީސީސީން އަންދާޒާކޮށްފައިވާ ގޮތުގައި މި މަޝްރޫޢުއަށް ތިރީސް ހަތަރެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން ބަލާއިރު ހުސްވިއަހަރު ވަނަ އަހަރުގެ ޖުލައި ދެއެއްގައި އެކުންފުނިން ފަށާފައިވާ ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަންސާސް ފަސް އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމައިލާފައެވެ.

އޭގެ އިތުރުން ހުސްވިއަހަރު ނޮވެމްބަރު ނަވާވީހުގައި ޢަމަލީ މަސައްކަތް ފަށާފައިވާ ރ.މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނަވާވީސް އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިންމައިލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: