ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕް ފަދަ ކުށްތައް ކުރުމަށް ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ: ޕީޖީ ޝަމީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕް ކުރުން ފަދަ ކުށްތައް ކުރުމަށް ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި  ވިދާޅުވީ މިދާ ގޮތަށް ގޮސް މިބާވަތުގެ ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވަންދެން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިފަދަ މައްސަލަ ތަކުގެ ޝަރީއަތްތައް އަވަސްކުރަންޖެހޭ ކަމަށެވެ.

ޝަމީމް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދަޢުވާތައް ކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ މީހުންނަކީ ޖުލައި 31 ވަނަ ދުވަބުގެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި ދެ މީހެކެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ ދެ މީހުންނަށްވެސް ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކުރިއެވެ.

އެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަނިކުފާނަށް ކެރިވަޑައިގަންނަވާ ކަމަށް ވާނަމަ މިސަރުކާރުގެ އިސް މަޤާމްތަކެއްގައި ތިބީ ތިވިދާޅުވި ކުޑަކުދީންނާއި ބެހިލައްޖެހި އެއްވެސް ބޭހަކަުން އެލައްތަކެއް ނުފިލާވަރު އެތައް ބައެއް. އެމީހުން އަދިވެސް ގޮންޖައްސަވާ އެކުދީންނާއި މަގުމަތީން ސޯށަލް މީޑިއާއިންވެސް ބެހެނީ އެބޭކަލުން އެކޮސްޕޯޒް ކޮށްލީމާ. އެބޭކަލުން އެތިއްބެވީ މަޤާމުގެ ބާރުގައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: