ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމެއް ޖެހޭއިރު ޕާޓީތަކުގެ ވެރިން ތިބޭނީ ދޮންނަ މެޝިނުގަ ނޫނީ ވިލާތުގަ: ރީކޯ މޫސަ

ފޮޓޯ: މޯލްޑިވްސްޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ބޭރުގެ ބައެއްގެ އަތްދަށަށް ދިޔުމުން ދެރަވާނީ ޕާޓީތަކުގެ ވެރިންނަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

18 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ބޭރު ބައެއްގެ އަތްދަށަށް ގައުމު ދިޔުމުން ޕާޓީތަކުގެ ވެރިންނަށް އެއްވެސް ގެއްލުމެއް ނުވާނޭކަމަށް ވިދާޅުވެފައެވެ. އަދި އެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕާޓީތަކުގެ ވެރިން ތިބޭނީ ދޮންނަމެޝިނުގަ ނުވަތަ ވިލާތުގައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަންވެސް ކުރައްވާ، ފަހުން ރައީސް ޔާމީނުގެ އަރިހުގައި މަަސައްކަތް ކުރެއްވި، މޫސަ ވަނީ ރާއްޖެއަށް އިންޑިއާ ސިފައިން ގެނައުމާއި ދެކޮޅަށް ދެކެވޭ ވާހަކައަށްވެސް ރައްދު ދެއްވާފައެވެ.

މޫސަ ވިދާޅުވީ ލ.ގަމުގައި އިންޑިއާ ސިފައިން ޚަރަކާތްތެރިވާތާ ހައެއްކަ އަހަރު ވެދާނެކަމަށެވެ. އަދި އޭގެ ފަހުން އިންޑިއާ ސިފައިންގެ ބަޔަކު އައީތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ.

ރާއްޖެއަށް އިންޑިއާ ސިފައިން ގެންނަށް އުޅޭކަމަށާއި، އަދި އިންޑިއާއަށް ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ކަމަށް ބުން އިދިކޮޅު ފަރާތްތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން މީސް މީޑިއާގައި “އިންޑިއާ އައުޓް” ކެމްޕެއިނެއްވެސް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދިވެހީން ދިވެހިރާއްޖެ! މިހާރުގެންގޮސްފަ މިއޮތީ އަނެއް ދިވެހިރާއްޖެ ރަށަށް. އެއީ އިންޑިއާ ސިފައިން ތިއްބަވާނެ ސަރަހައްދު ތަކެއް ކަނޑައަޅައި ދިނުން. އެކަން ނިމިގެން އެބޭކަލުން ދަނޑިމާރު ހިފައިގެން ހަމަގައިމުވެސް އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި އެބައުޅޭ. ވިއްސާރަ ބޯވިލާގަނޑެއްގެ ތެރެއިން މިކަންފެނުނީ ބޯހިޔަލަކަށް ބައަކުމެން ވަނީ ފެންސްޖަހައި ބަންދުކޮށްފައިވާ ތަނަކަށް. ވަތްތަނީ ލަޓިބުރިއޭ ބުނީ އެބޭކަލުން ހިފައިގެންތިބީ އެއޮއްގެންނެރެލީ މިތިންމީހަކު އަވަހަށް ޖާން ސަލާމަތްކޮށްގެން ނިކުމެ ދުއްވައިގަތީ އެބުރި އެބޯވިއްސާރަތެރޭ. މިއީ ގައިމު އައްޑޫސިޓީ ނުވަތަ އައްޑުއަތޮޅުން ދިމާވީކަމެއް. ފަހަރެއްގައިވެދާ އިނގިރޭސިންގެ ޒަމާނުގައި އެތާގައި އާރއޭއެފް އައްޑޫމިހުން ކިޔަނީ އާރޭފްގައި ތިބި އިނގިރޭސިވިލާތައް ނިސްބަތްވާ އިންޑިއާމީހުންކޮޅަކަށްވެސް އިނގިރޭސިން ފައިބަމުން ކަޅުނަސްލުމީހުން ވީމާ ދޫކޮށްލާފައި ދިޔައީ ކަމަށްވެްސ. ކީއްކުރާނީ މިތިބީ އެޖެންޑާ 19އިގެ ތެރޭން ކޮވިޑް 19 އެއް ނިކުމެންގެން ހަފުސްވެފައި.

  2. އެވިދާޅުވަނީ ރައީސް މައުމޫނު އާއި އެއިރުގެ ޑިފެންސް މިނިސްޓަރާއި އަދި އިސްލާމީ ކަންތައްތަކާއި ބޭހޭ އެންމެ މަތީމަޖްލީހުގެ ވެރިޔާ ފިއްލަވައި އަންހެން ހެދުންއަޅުއްވައިގެންނާ ދޮންނަމެޝިނެއްގެ ފޮށްޓެއްގައި ބަންދުވެ އުޅުއްވިވާހަކައެއް. 3 ނޮވެމްބަރު ގެވާހަކަ. މޫސަމެން ވަރަށް އުދައަރައިގެން އުޅުނު ދުވަސްވަރެއްއެއީ. އެދުވަސްވަރު ވަރަށް ހިތާކުޅޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: