ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން އެދިޔައީ ގާބިލު، ޒިންމާދާއިރު ބޭކަލެއް: ގާސިމް

ގާސިމް އިބްރާހިމް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ވަގުތެއްގައި އަވަހާރަވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަވަހާރަވުމާއެކު ގެއްލިގެން އެ ދިޔައީ ގާބިލު، ޒިންމާދާރު ބޭކަލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވާ ފޮނުއްވި މެސެޖުގައި ގާސިމް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި އަދި ގެއްލިގެން ދިޔައީ ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާބިލު ޒިންމާދާރު ބޭކަލެއް ކަމަށެވެ.

”ވަރަށް ދެރަ، ޖޭޕީއަށާއި އަޅުގަނޑަށް ވެސް ގެއްލިގެން އެދިޔައީ ވަފާތެރި ހިދުމަތްތެރި އެއް.“ ގާސިމް ވިދާޅުވިއެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: