ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒާއި ދެކޮޅަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފު!

ހަސަން ލަތީގު، ފައްޔާޒު، އަނަސް އަދި މާހިރު. މިޝަންއެއް ޕްލޭން ކުރުމުގަ. ފޮޓޯ/ ފައްޔާޒު ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފު ސޮއިކުރައްވައިފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު ސަންގަށް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރުކަންވެސް ކުރައްވާ ހަސަން ލަތީފު މި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ މީގެ ދެ ދުވަހެއް ކުރިންކަމަށް އެ މެންބަރ ވިދާޅުވިއެވެ. އަދި 30 ސޮއި ފައްޔާޒާއި ދެކޮޅަށް ހަމަވެފައިވަނީ ހަސަންގެ ވެސް ސޮޔާއި އެކުގައި ކަމަށްވެއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގައި އެންމެ އިސްކޮށް ތިއްބެވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒާއި ދެކޮޅަށް ސޮއިކޮށްފައިވާއިރު، އެ ޕާޓީގެ އެންމެ އިިސް ލީޑަރު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުވަނީ ފައްޔާޒަށް އިތުބާރުކުރައްވާ ކަމަށާއި ފައްޔާޒު ދިފާއުކޮށްދެވެން އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކޮށްދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނުގައި ސޮއި ކުރައްވަމުން ގެންދަވާއިރު، މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސީދާ ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާ ޓްވީޓް ކުރައްވާފައެވެ.

ހަސަން ލަތީފު މީގެ ކުރިން ފާހަގަވެފައިވަނީ ބޯގަންވިލާ ގޭ ބޭފުޅުންނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އިބްރާޙިމް އިސްމާޢިލް (އިބްރާ) އިސްވެ ހުންނަވައިގެން އުފެއްދި ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ގައިވެސް ހަސަން މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އިބްރާގެ ޕާޓީގެ ފަރާތުން ޔޫތު މިނިސްޓަރުކަން ކުރެއްވީވެސް ހަސަން އެވެ. އަދި ފައްޔާޒާއި ހަސަން ފާހަގަކުރެވިފައިވަނީ ޒަމާންވީ ދެ އެކުވެރިންގެ ގޮތުގައެވެ.

މިހާތަނަށް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުވައްދާ މަޑު ކޮށްފަ އޮތީ ޕީޖީ ގުރޫޕްގެ މެޖޯރިޓީ ނުލިބޭތީއެވެ. ޕީޖީ ގުރޫޕުން 3 ލައިން ވިޕެއް ނެރެވޭނީ 33 ވޯޓުންނެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 47%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: