ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާން، ނަޝީދަށް: ފައްޔާޒަކީ ކޮރަޕްޓު ބޭފުޅެއް ކަމަށް ތި ވިދާޅުވަނީ ސީދާ ރައީސް ސޯލިހަށް އަމާޒުކޮށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަކީ ކޮރަޕްޓު ބޭފުޅެކޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަމާޒު ކޮށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވަނީ ފައްޔާޒު އަމިއްލަ އަށް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު، ޕާޓީ އަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ފަރާތަކާއި ޒާތީ ކަމެއް ނެތް ކަމަށާއި އެގޮތުން އެއްވެސް މިނިސްޓަރަކާއި ވެސް ޒާތީ ކަމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިނިސްޓަރު ފައްޔާޒު އަކީ ކޮރަޕްޓު ބޭފުޅެކޭ އެވިދާޅުވަނީ ސީދާ ރައީސް ⁦‪ސޯލިހު‬⁩ އަށް އަމާޒުކޮށްކަން ވަރަށް ސާފު ކަމަށެވެ.

މި މައްސަލާގައި “ސަންގު”އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް އޭނާގެ ފަރާތުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރައީސް އަންގަވާ ގޮތެއްގެ މަތީން ކަމަށާއި އެގޮތުން ރައީސް އަންގަވައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: