ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިންް ބޭރުން އަންނަ ދިވެހިންނަށް ޕީސީއާރު ޓެސްޓު ސެޓިފިކެޓް ބޭނުމެއްނުވާނެ: އިމިގްރޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުން އަންނަ ދިވެހިން ޕީސީއާރް ސެޓިފިކެޓް ހުށައަޅަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮވިޑް-19 ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލަށް ވަނީ ބަދަލު ކޮށްފައެވެ. އެގޮތުން މާދަމާ އިން ފެށިގެން ރާއްޖެ އެތެރެވާ ބިދޭސީންގެ ތެރެއިން 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުންނާއި ފަތުުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓެއް އޮން އެރައިވަލްގައި ހުށަހެޅުމުންނެވެ.

އިމިގްރޭޝަނުން ބުނީ ދިވެހި ރައްޔިތުންނާއި އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުނާއި ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުނާއި އެއް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ފްލައިޓްތަކުގެ ކްރޫއިން ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓް ހުށައަޅަން ނުޖެހޭނެ ކަމަށެވެ.

ޕީސީއާރު ސެޓްފިކެޓު ހުށަހަޅަން ޖެހޭނީ ރާއްޖެ އަންނައިރު ފުރިހަމަކުރާ ހެލްތު ޑިކްލަރޭޝަން ފޯމާއެކު، އިމުގާ ޕޯޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: