ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޑު ކުންފުނިން 9 ވެންޓިލޭޓަރު ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެނައުމަށް ނާޑް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރި އައިސީޔޫ 20  ވެންޓިލޭޓަރުގެ ތެރެއިން ނުވަ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

ދެ އެއްބަސް ވުމެއްގެ ދަށުން ޖުމްލަ 24 ވެންޓިލޭޓަރު ގެންނަން ނާޑު ކުންފުންޏާއި ހަވާލުކޮށްފައިވެއެވެ. އެގޮތުން މާޗް 8 ގައި 14 ދުވަހުގެ ތެރޭގައި ހަތަރު ވެންޓިލޭޓަރު ގެންނަން ހަވާކުރިއެވެ. އަދި އެކުންފުނިން ވަނީ ޕޯޓަބަލް ހަތަރު ވެންޓިލޭޓަރު ގެނެއްސައެވެ.

އޭގެ ފަހުން މާޗް 19، ގައި އައިސީޔޫ  20 ވެންޓިލޭޓަރު ގެންނަން ހަވާލުކުރިއެވެ. ހަތް މިލިއަން ރުފިޔާގެ އެއްބަސްވުމުގައިވާ މުއްދަތަށް ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް ދިމާވުމުން، އެ މުއްދަތު މިނިސްޓްރީން އިތުރުކޮށްދިނެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ނާޑު ކުންފުންޏާއި ހަވާލުކުރީ އެޑްވާން ފައިސާ ނުދީއެވެ. އެޑްވާންސަށް ފައިސާ ދޫކުރީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް އެކަންޏެވެ.

ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ބޭރުން ގެންނަން ވަކި ކުންފުނިތަކެއް ހޮވައި ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކޮށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލު ބޮޑު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ވިދާޅުވެފައެވެ.

ދުބާއީގެ އެގްޒެކިއުޓާސް އާއި ރާއްޖޭގެ މެޑްޓެކާއި ނާޑު ކުންފުންޏާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ވަނީ ހާމަވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: