ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަންގެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުނު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ފާހަގަކުރެވޭ 8 މައްސަލައެއް ވަކިން ބަލަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ކޮވިޑްގެ ހަރަދުތަކާ ގުޅޭގޮތުން އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް ސްޓާފުންނަށް ތުހުމަތުކޮށް ބައެއް އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މިނިސްޓަރު ކަމުގެ ދަށުން ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދު ތަކުގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކަކާ އެކު އަލީ ވަހީދު ވަނީ މިއަހަރުގެ ޖުލައި މަހު ތެރޭގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކުރުމަށްފަހު ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: