ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އެއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ޕީޕީއެމް އިން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އެއްވުންތައް ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

އެޗްޕީއޭގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވުން ބާއްވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންދީފައި މިވަނީ “ގައުމު ވިއްކާލުމާ ދެކޮޅަށް” ނަމުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ސައިކަލް ބުރެއް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށެވެ.

މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުންވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވާފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައި ވަނިކޮށް އެ އެންގުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބާއްވަން އުޅޭ ކަމުގެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުން ވެސް، އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުންގެ ޓްވީޓްގައި ބުނެފައިވެއެވެ.

“އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުން ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުން ވެސް، އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަން” ފުލުހުން

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަމަލުކުރަން އެޗްޕީއޭ އިން އަންގާފައިވާ އެންގުންތަކުގައިވާ ގޮތުން އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއްކޮށް އުޅުމަކީ މަނާކަމެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމަށް ފަހު ޖުލައި މަހު ބޮޑެތި ލުއިތަކެއް ދިނުމާ އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ޕޮޒިޓިވް ކޭސްތަކާ ގުޅުމެއް ނުފެންނަ ކޭސްތައް ވެސް އިތުރުވެގެން ދިއުމަށް ފަހު އެ އަދަދު ދަށްވާންވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުއި ދީ ފިހާރަތަކާއި ކެފޭތަކާއި އޮފީސްތައް ހުޅުވުމާ އެކު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް އަރައިގެން ދިޔަ އެވެ. އެއާ އެކު އަންލިންކްޑް ކޭސްތައް ވެސް އިތުރުވެގެން ދިއުމުން ކަންބޮޑުވުން އިތުރުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: