ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27 ގައި!

މިދިޔަ އަހަރު ބޭއްވި އެމްޓީސީސީގެ އޭޖީއެމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމާ ކުންފުނިން އެކަން އިއުލާނުކޮށްފިއެވެ.

އޭޖީއެމްގެ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީއިން ބުނެފައިވަނީ، ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 25 ސެޕްޓެމްބަރުގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ (www.infinity.mv) މެދުވެރިކޮށް ނުވަތަ އެޕްލިކޭޝަން ފޯމް companysecretary@mtcc.com.mv އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ބެހޭ ގޮތުން އެމްޓީސީސީން ބުނެފައިވަނީ ބުނެފައިވަނީ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އިސްލާހުތައް ހާއްސަ ގަރާރަކުން ފާސްކުރުމަށް 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އަށް ހުށަހެޅުއްވުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެވޭ ނުވަތަ އިންތިހާބުކުރެވޭ ޑިރެކްޓަރުންނަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި، ގަވައިދުތަކުގައިވާ ޝަރުތުތަކާއި، ޕަބްލިކް ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކުރާ ޝަރުތުތަކާއި، ކުންފުނިން ފާސްކޮށްފައިވާ ބޯޑު ޑިރެކް ޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ އިތުރުން، ޕަބްލިކް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނަންސް ކޯޑާއި، ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންސްގައި ބަޔާންކޮށްފައިވާ ޝަރުރުތައް ފުރިހަމަ ވާ މީހުން ކަމުގައި ވާން ވާނެ ކަމަށް ވަނީ ހުށަހަޅާފައެވެ.

އަހަރީ އާންމު ޖަލްސާގައި އަންނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ މުސާރަ ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ފީ އަށް ބަދަލު ގެނައުމާއި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަންކުރުމާއި އިންތިހާބުކުރުން އޮންނާނެ އެވެ.

މީގެ އިތުރުން ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާފައިވާ 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓްކުރެވޭނެއެވެ. އެ މަގާމަށް ކުރިމަތިލި ދެ ހިއްސާދަރުންގެ ނަން ވެސް ބޯޑުން ވަނީ ފާސްކޮށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ބޯޑަށް ކުރިމަތިލާފައި ވަނީ ދެ ފަރާތަކުންނެވެ.

  1. އަހުމަދު އަބޫބަކުރު، / ދަފްތަރު ނަންބަރު 95-698- މާލެ
  2. ނަސްރަތު މުހައްމަދު / ހެޕީނައިޓް، ގއ.ވިލިގިލި

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފަރާތަކީ، ޕްރައިސްވޯޓަރ ހައުސްކޫޕާއެވެ.

މިދިޔަ 2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިިޔާ ބަހާގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ. 2019 އަހަަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށެވެ. އަދި 2018 ވަނަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 34،27 މިލިއަން ރުފިޔާ އެވެ.

2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވޭނީ 25 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން އަމިއްލަ ގޮތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: