ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ހުރިހައި ޝަރީއަތްތަކެއް ލައިވް ކުރަނީ

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލްކޮށްގެން ކުރިއަށް ގެންދާ ހުރިހައި ޝަރީއަތްތަކެއް ލައިވް ކުރުމަށް ނިންމާފައިވާ ކަމަށް އައްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދެއްވި މެސެޖުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ހާމަކަން ބިޮޑު ގޮތެއްގައި ކުރިއަސް ގެންދިއުމަށްޓަކައި މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ސުޕްރީމް ކޯޓްގެ މާލަންތަކުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތައްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް އުްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.

“މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ސުޕްރީމް ކޯޓްގެ ޝަރީއަތްތަކުގެ މާލަމުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތަކަކީވެސް ލައިވްކޮށްގެން ގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައި ހެދުމަށް. އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިދަނީ ކުރަމުން،” އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ދައުރުގެ މަސައްކަތްތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން، ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން މިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މިގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެންބަރު 18 އިން މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބޭއްވިފައިވާކަން އެ މަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި، ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖް އަކީ 24 ކަމާއި، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ޙުކުމް ކުރެވިފައިވާކަމާއި، އަދި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 05 މައްސަލައެއް އިޖުރާއީގޮތުން ބެލިފައިވާކަމާއި، މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ ޚިޠާބު ނިންމަވާލައްވަމުން ޤައުމަށް ކުރިމަތިވެފައިމިވާ ކޯވިޑް-19 ގެ ދަތި ދަނޑިވަޅުގައި މިފަދަ ފުރިހަމަ ނަތީޖާއެއް ޙާސިލުކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި މީގެއިތުރުން، މި މަސައްކަތްތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އިދާރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށްވެސް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: