ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްޣާނިސްތާނުގައި ދިން ވައިގެ ހަމަލާއެއްގައި، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އަފްޣާނިސްތާނުގެ ކުންދުޒް ޕްރޮވިންސުގައި ހުންނަ ޠާލިބާނުންގެ މަރުކަޒަކަށް ދިން ވައިގެ ދެ ޙަމަލާއެއްގައި ޢާންމުންގެ 11 މީހަކު މަރުވެ 10އަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އެ ޕްރޮވިންސުން ބުނެފިއެވެ.

އެ ޙަމަލާ ދީފައިވަނީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ޤަތަރުގެ ދޯހާގައި އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު ކުރިއަށް ދަމުންދާ ދަނޑިވަޅެއްގައެވެ.

ޙަމަލާއާ ގުޅޭގޮތުން ޠާލިބާނުން ނެރުނު ބަޔާނެއްގައިވަނީ ޢާންމުންގެ 40 މީހުން މަރުވެފައިވާ ޙަމަލާއެއް އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ދީފައިވާކަމަށް ތުހުމަތުކޮށްފައެވެ. ޠާލިބާނުގެ ހަނގުރާމަވެރިގް ތެރެއިން މަރުވެފައިވަނީ ކިތައް މީހުންކަމެއް އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ.

ޤާނޫނުހަދާ މަޖިލީހުގައި ކުންދުޒް ތަމްޞީލްކުރައްވާ މެންބަރެއްކަމަށްވާ ފާޠިމާ ޢަޒީޒް ވިދާޅުވީ ފުރަތަމަ ޙާމަލާ ޢަމާޒުކޮށްފައިވަނީ ޠާލިބާނުންގެ އަސްކަރީ މަރުކަޒަކަށްކަމަށެވެ. އެ ސަރަޙައްދަށް ޢާންމުން އެއްވެފައިވަނިކޮށް ދިން ދެވަނަ ޙަމަލާގައި ޢާންމުންގެ މީހުންނަށް ގެއްލުން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙަމަލާގައި 11 މީހުން މަރުވެފައިވާކަމަށާއި ވީނުވީއެއް ނޭނގި ފަސް މީހުން ގެއްލިފައިވާކަމަށް ޢަޒީޒް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: