ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބުލްގެ ޔުނިވާސިޓީއަކަށް ބަޑީގެ ހަމަލާއެއްދީ 19 މީހުން މަރާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު ޔުނިވާސިޓީ އަށް ބަޑީގެ ހަމަލާތަކެއް މިއަދު ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާގައި ގާތްގަނޑަކަށް 19 މީހުން މަރުވެ އިތުރު 22 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްގާންގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ތާރިގު އަރިއާން ވިދާޅުވީ މި ހަމަލާ ދިނުމުގައި ތިން މީހަކު ބައިވެރިވި ކަމަށާއި ހަމަލާގެ ކުރީކޮޅު އެތަނުން އެކަކު ޖާނުން ފިދާވެގެން މަރުވެފައިވާ ކަމަށެވެ.

މި ހަމަލާ އެ ޔުނިވާސިޓީ އަށް ދީފައިވަނީ އިރާނުގެ ބުކް ފެއާއެއް އެ ޔުނިވާސިޓީގައި ފެށުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެ

މި ހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު، ތާލިބާނުން ވަނީ މިކަމުގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: