ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާގެ އަޅުކަމަށް، ފޭސްތަކަކަށް ބަހާލައިގެން ސައުދީއިން ފިޔަވަޅުތަކަށް ލުއިދެނީ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ ޚާއްސަ ފިޔަވަޅުތަކަކާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިދް-19އާއި ގުޅިގެން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތަކަށް، ފޭސްތަކަކަށް ބަހާލައިގެން ލުއިދިނުމަށް އެގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އެފެއާޒްްއިން ނިންމައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން، ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފޭސްގައި އުމްރާގެ އަޅުކަން އަދާކުރުމަށް 6،000 މީހުންނަށް ހުއްދަ ދޫކުރެވޭނެ ކަމަށާއި ލުއިދިނުމުގެ ފުރަތަމަ މަރުހަލާ ފަށާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުކަމަސް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ފުރަތަމަ ފިޔަވަހީގައި އުމްރާގެ އަޅުކަން އަދާކުރެވޭނީ ސައުދީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެކަނި ކަމަށް އެގައުމުގެ ހައްޖާއި އުމްރާގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދެވަނަ ފޭސްގެ ދަށުން އުމްރާގެ އަޅުކަން އަދާކުރުމަށް 15،000 މީހުންނަސް ހުއްދަ ދެވޭނެ ކަމަށާއި އިތުރު 40،000 މީހުންނަށް މަސްޖިދުއްނަބަވީއަށް ވަނުމުގެ ހުއްދަ ދެވިގެންދާނެކަމަށް ސައުދީގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލުއިދޭން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ތިންވަނަ ފޭސްގެ ދަށުން ފިޔަވަޅުތަކަށް ލުއިދޭނީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި މިފޭސްގެ ދަށުން ފިޔަވަޅުތަކަށް ލުއިދޭއިރު، މަސްޖިދުލްހަރާމާއި، މަސްޖިދުއްނަބަވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެންމެންނަށް ހުޅުވާލެވޭނެ ކަމަސް ރިޕޯޓްކުރެއެވެ. އެހެންނަމަވެސް، ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު އެއްކޮށް ހުޅުވާލުމުގެ ބަދަލުގައި ތިންވަނަ ފޭސްގައި 20،000 އުމްރާވެރިންނަށާއި، އެހެން އަޅުކަންތައް އަދާކުރުމަށް 60،000 މީހުންނަށް މަސްޖިދުލް ހަރާމަށާއި މަސްޖިދުއްނަބަވީއަށް ވަނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މިތިން ފިޔަވައްސަށް ބަހާލައިގެން ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާއިރު، ހުރިހާ ފޭސްއެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާނެކަމަށް އެގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވަނީ ގާތްގަނޑަކަށް ހަމަސް ދުވަސް ވަންދެން އެގައުމަށް ވަނުމުގެ އުސޫލުތަކަށް ބަދަލު ގެނެސް “ޓްރެވެލް ބޭން”އެއް އިއުލާންކޮށްފައި އޮތުމަށްފަހުއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށްވެސް ހުއްދަ ދީފައިވަނީ ހަމައެކަނި އެގައުމުގައި އުޅެމުންދިޔަ ރައްޔިތުންނަށް އެކަންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: