ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޓެކްސް ދެއްކުމުގައި އަމަލު ކުރާނެ ޚާއްޞަ އުސޫލުތަކެއް!

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޓެކްސް ދެއްކުމުގައި ހާއްސަ އުސޫލްތަކެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޓެކްސް ދެއްކުމުގައި އަމަލު ކުރާނެ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލާ އަމަލު ކުރަން ފަށައިފިއެވެ.

ކޮވިޑާއި ގުޅިގެން ޓެކެސް ދެއްކުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލްތަކެއް ކަނޑައަޅާފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގެ ދަށުންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޓެކްސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހަކާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ޤާނޫނެއްގައި ކަނޑައަޅާފައިވާ މުއްދަތު، ސަރުކާރުން ކަނޑައަޅާ ތާރީޚެއްގެ ނިޔަލަށް ވަގުތީގޮތުން ފަސްކޮށްދިނުމުގެ އިޚްތި ޔާރު، ސަރުކާރަށް ލިބިގެންވެއެވެ. އެގޮތުން  ޓެކުހަށްވާ ފައިސާ ދެއްކުން ފަސްކޮށްފިނަމަ، އެފަދައިން ފަސްކުރެވޭ މުއްދަތާއި، އެ ފައިސާ އަލުން ދައްކަން ފަށާނެ މުއްދަތު، ސަރުކާރުން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

ހާއްސަ އުސޫލްގެ ދަށުން އެއްވެސް ޓެކުހަކާގުޅޭ ފައިސާއެއް ދެއްކުމުގެ މުއްދަތު ފަސްކުރާނަމަ، އެކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި އެނޫންވެސް ލިޔެކިޔުން ހުށަހެޅުން އެ އޮތޯރިޓީން ފަސްކޮށްދޭންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޓެކުހެއް ދެއްކުން ފަސްކުރެވޭ ކަމަށް ބަޔާންކުރާ ޙާލަތުގައި، އެ ފަސްކުރެވެނީ އެ ޓެކުހަށްވާ ފައިސާ ދައުލަތަށް ދައްކަންޖެހޭ މުއްދަތެވެ. އަދި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ފައިސާ ދެއްކުން ފަސްކޮށްދެވޭ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ އަލުން ދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ނުވަތަ ތާރީޚުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ ފައިސާ ހޯދުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: