ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދޭން ޖެހޭ: ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް މުއައްސަސާތަކުން ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ އިދާރާތަކުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތޫގެ މައްޗަށް ކަމަށާއި އެތަނަކުން ލިބެން ހުރި މަޢުލޫމާތުތަކުގެ އަލީގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކުރުން އެއީ ކުރަންޖެހޭކަމެއްކަމަށެވެ. އަދި ރައްޔިތުންވެސް ދިރިއުޅުމުގެ ކަންކަން ބިނާ ކުރަނީ ލިބޭ މައުލޫމާތުގެ މައްޗަށްކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ޙައްގު ފުރިހަމަކޮށް ލިބުމަކީ މުހިންމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިދާރާތަކުން މަޢުލޫމާތު ހާމަކޮށް އެ މަޢުލޫމާތުގެ މައްޗަށް ނިންމާ ނިންމުންތަކަކީ އާންމުންނަށް ފާޑު ކިޔޭ ނިންމުންތަކަކަށް ވުމަށް އުއްމީދުކުރައްވާ ކަމެއް ކަމަށާއި މައުލޫމާތު ރަނގަޅަށް ހާމަކުރުމުން މިހާރަށް ވުރެ އަވަހަށް ހަރުދަނާކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެން އެ އޮފީހުގެ މަސައްކަތްތަކާއި އެ އޮފީހާ ގުޅުން ހުރި މައުލޫމާތުތައް ހޯއްދަވައި އެ މައުލޫމާތުތަކުގެ އަލީގައި ކަންކަން ބައްޓަންކުރައްވަން ފެއްޓެވި ކަމަށާއި އެގޮތުން ކުރިން ކޯޓުތަކުގައި ހުރީ ކިހާ މައްސަލަތަކެއްކަން ނޭގޭކަމަށެވެ.

މިހާރު އެ މައުލޫމާތު އެއްކޮށް އޭގެ އަލީގައި ޕީޖީގެ މަސައްކަތްތަކަށް ގެންނަންވީ ބަދަލުތައް ދެނެގަންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޢުލޫމާތުތައް އާންމުންނަށް ފެންނާނެހެން ހާމަކުރައްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

“އޭގެ ބޭނުމަކަށް ވާނީ އަޅުގަނޑުމެން އެއްކުރާ މައުލޫމާތުގެ އަލީގައި އެކުލަވާ ސިޔާސަތު އެއީ ރަނގަޅު ގޮތްތޯ ބަހުސްކުރަން ފުރުސަތު ދިނުން. އެ ބަހުސްއަށް ބަލާ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުން.” ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: