ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ބަނދަރުގެ 24 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިއްމާލާފިއެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.

މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން ފަދަ ކަންތައް ހިމެނެއެވެ. މިބަނދަރު ބޮޑުކުރުމުގެ މަަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.72 މިލިއަން ރުފިޔާ އަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: