ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ބާއްވަތެއްގެ އެއްވުމެއް ބާއްވައި ގައުމުގައި އޮތް ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ޖޭޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތާއި މެދު ޝައްކު ނުކުރާ ކަމަށާއި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވައި ގައުމުގައި އޮތް ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިފަދައިން ބުނެފައި މިވަނީ 23 ޑިސެމްބަރ 2011 ގައި ބޭއްވި ފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލާ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވުމާއި ގުޅިގެންނެވެ.

ނިހާން އަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

ނިހާންގެ ވާހަކަތަކާއި ގުޅިގެން ” ސަންގު” އާއި ވާހާކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ނިހާން ދެއްކެވި ވާހަކަތަކަކީ ޖުމްހޫރީ ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެއް ކަމަށާއި އަދި ނިހާން އަކީ ޖުމްހޫރީ ޕާޓީގެ އެއްވެސް ގުނަވަނެއްގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިހާން އަކީ ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރެއް ކަމަށާއި އަދި މީހަކު ސާޝަލް މީޑިއާގައި ފާޅުކުރާ ކޮންމެ ހިޔާލަކީ ޖުމްހޫރީ ޕާޓީގެ ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

“ސަންގު” އާއި ވާހަކަ ދެއްކި ޖޭޕީގެ އޮފިޝަލް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއިއެކު ކަމަށާއި ސަރުކާރުގެ ކޯލިޝަންގެ ޕާޓީއެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެން ކަމުން ރައީސް ސާލިހުގެ ސަރުކާރާއި ދެކޮޅަށް އެއްވެސް ބާވަތެއްގެ އެއްވެސް އެއްވުމެއް ބާއްވައި ގައުމުގެ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ޖޭޕީން ފުރުސަތު ނުދޭނެ ކަމަށް އޮފިޝަލް ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން ޖޭޕީގެ އޮފިޝަލް ވިދާޅުވީ އެ ޕާޓީން ނިންމާ ކޮންނެ ނިންމުމެއް ނިންމާނީ ޖޭޕީގެ ކައުންސިލްގައި މަޝްވަރާކޮށްގެން ކަމަށާއި ސަރުކާރާއި ދެކޮޅަށް އެއްވެސް އެއްވުމެއް ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: