ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން ފުރައިގެން ދިޔަކަމަށް ލިޔުން ތައްޔާރުކުރަން އުޅުނު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފި

އިސްތިއުފާ ދެއްވި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން ދެއްކުމަށް ލިޔުންތަކެއް ތައްޔާރު ކުރި ކަމަށް ތުހުމަތު ކުރާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް ހިފަހައްޓާފައިވަނީ ކޮން ތާރީޚެއްގައިކަމެއް ވިދާޅެއް ނުވެއެވެ.

ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުން ގުޅިގެން، ރިޟުވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަސް ތެރޭ ޖޭއެސްސީން އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. ފަހުން އެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފެށުމުން، އޭނާ ވަނީ އެ މައްސަލައިގައި ޖަވާބުދާރީނުވެ އަމިއްލަފުޅަށް އެ މަގާމުން މިދިޔަ ޖުލައި މަހު އިސްތިއުފާ ދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: