ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން ކާޅު ނައްތާލުމުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީން ކާޅު ނައްތާލުމުގެ ހުއްދަ އެންވަޔަރަމެންޓް މިނިސްޓްރީން ދީފިއެވެ.

އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް މާ ބޮޑަށް ކުރިމަތިވާ ކަމަށް ބުނެ، ދޮންދީނި ހިމާޔަތް ކުރަން ކާޅު މެރުމުގެ ހުއްދައަކަށް އައްޑޫ ސިޓީ ކައުންސިލުން ޥަނީ އެދިފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ސޮއިކުރައްވާ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ޓ) ގައި ވާ ފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކާ އަމަލުކުރަން ގަސްދުކުރާ ކަމެއް ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ބޭނުންވާނަމަ ކަމާބެހޭ ފަރާތްތަކަށް ލިޔުއްވައި އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިފައެވެ.

ނާސިރު އިތުރަށް ވިދާޅުވީ ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި ދިރިއުޅޭ ކާޅުތަކާއި މެދު އަމަލުކުރާ ގޮތުގެ މައުލޫމާތު އީޕީއޭ އަށް ދިނުމަށާއި ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތް މޮނީޓާ ކުރަން އީޕީއޭ އިން ބޭނުންވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: