ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން އޭސީސީއަށް: ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތައް ސާފުކޮށް އެނގޭއިރުވެސް އެ މައްސަލަ ނުބަލައި، ކުދި ކުދި މައްސަލަތައް ބަލާތީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީ މެމްބަރުން ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސް ކުރެއްވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ 444 ރުފިޔާގެ މައްސަލަ އޭސީސީއަށްވީ ވަރަށް ބޮޑު މައްސަލައަކަށް ކަމަށެވެ. އެހެންނަމަވެސް، އެމްއެމްޕީއާރުސީގެ މައްސަލަ، އޭސީސީއަށް އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. މިމައްސަލައިގައި ޝާމިލުވާ ބޭފުޅުން ސާފުކޮށް އޭސީސީއަށްވެސް އަދި ފުލުހުންނަށްވެސް އެނގޭއިރު، އެމައްސަލައިގައި ދައުވާނުކޯށް ތިއްބަވަނީ ކީއްވެތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ލޮނު ޒިޔާރަތް ޕާކުގައި ފާހާނާ ބަރިއެއް ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް އޭސީސީން ދައުވާކުރަން ފޮނުވުމާ ގުޅިގެން އިންތި ވިދާޅުވީ އެފަދަ މައްސަލަަތައް ބެލުމުގައި ގާނޫނުތައް އެއްފަރާތްކުރުމަށްފަހުވެސް މައްސަލަތައް ބަލާ ކަމަށެވެ. އޭސީސީއިން ބޭނުންވަނީ ގަސްތުގައިވިޔަސް ނުވަތަ އިހުމާލުން ނަމަވެސް މީހުންގެ ނަން ކިލަނބުކުރަން ކަމަށް ވިދާޅުވިއެވެ.

އަދި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ކޮރަޕްޝަންގެ އަމަލެއް އޮތް ކަމަށް ތަސައްވުރު ވެސް ނުކުރެވޭ ފަދަ ކަންކަމުގައި ޖިނާއީ ދައުވާކުރަން ވަރަށް ފޯރީގައި އޭސީސީން އުޅުއްވާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ޝިފާގެ މައްސަލާގައި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މޭޔަރު ޝިފާ ކޮރަޕްޝަނުގެ މައްސަލަ ހިންގާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ. އަދު ދައުލަތުގެ ކަމެއްގައި ފައިސާ ބޭނުންކުރީމާ އޭސީސީއަށް އަވަހަށް އެމައްސަލަ ނަގައިގެން ބެލޭ ކަމަށާއި ރަނގަޅަށް ބަޔަކު ވައްކަން ކޮށްލައިފިއްޔާ އެ މައްސަލައެއް ބަލަން އޭސީސީއަށް ނޭންގޭ ކަމަށެވެ.

މީގެ އިތުރުން ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށް މަސައްކަތަކަށް ގާބިލް ބޭފުޅުން އަޔަން ކުރުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: