ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިހުރުން ޝަހުވަތުގެ ދާނަށްކީ މަރުޙަބާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނޯޓް: މިއީ ދިވެހިރާއްޖޭގައި ހިނގާފައިވާ ހަގީގީ ހާދިސާއަކަށް ބިނާކޮށް, ހާދިސާ ދިމާވި ފަރާތުން “ސަންގަށް” ހިއްސާ ކޮށްފައިވާ މައުލޫމާތު އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބޭނުން ކޮށްފައިވަނީ ހިޔާލީ ނަންތަކެކެވެ.

ސިޙްރުލް މަޙައްބަ، ނުވަތަ ލޯބިޖައްސާ ސިޙްރު/އިސްތިރި އަކީ ދެމީހެއްގެ މެދުގައި ލޯބިޖެއްސުމަށް ނުވަތަ ހިތް ޖެއްސުމަށް ހަދާ ސިޙުރެވެ. އަނބިމީހާ ފިރިމީހާގެ ލޯބި ހޯދާ އަނބިމީހާ ހިތްއެދޭހާ ކަމެއްގައި ފިރިމީހާ މަސްތުކުރުވުމަށް ނުވަތަ ފިރިމީހާ އަނބިމީހާގެ ލޯބި ހޯދައި، އާދަޔާ ޚިލާފަށް ބޭޤަރާރުކުރުވުމަށް މިސިޙުރު ހަދާއުޅެއެވެ. އަދި ވަކިމީހަކާ އިނުމަށް ނުވަތަ ޖިންސީ އެދުމެއް ފުއްދުމަށްވެސް ބައެއްމީހުން މިސިޙްރުގެ ބޭނުންކުރެއެވެ. ދިވެހިން މިފަދަ ސިޙުރަށް ކިޔާ އުޅޭނީ އިސްތިރި އެވެ.

އިސްތިރިއަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ޢާއްމު އެއްޗެކެވެ. މިހާރަކަށް އައިސް ޚާއްޞަކޮށް ޒުވާން ކުދިން މިކަމުގެ އަވައިގައި ވަނީ ޖެހިފައެވެ. ޒުވާން ޖޯޝުގައި ޢިޝްޤީ ލޯބިވެރިން އިޚްތިޔާރުކޮށް ތިމާގެ ލޯބިވެރިޔާއާ މެދު މަރުދަން ޖެހޭ ހިސާބަށްވެސް ދެއެވެ. ތިމާ ބޭނުންވާ ކުއްޖާ ޙާޞިލްކުރުމަށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ތައްޔާރުވެއެވެ. އެކަމަކީ ކިހާވަރެއްގެ ކަމެއްތޯވެސް ބަލައިލުމެއް ނެތިއެވެ. މިފަދަ ކަންކަމުގައި ދިވެހިންނަކީ ފަންޑިތަވެރިކަމާއި ވަރަށްވެސް ދޯޅު ބައެކެވެ.

މި ލިޔުމުގައި މި ހިއްސާކޮށްލަނީ, ޖިންސީ އެދުމެއް ފުއްދުމައް ހަދާފައިވާ ސިހުރަކުން ދިރިއުޅުން ހަލާކުވެގެން ދިޔަ ދިވެހި އަންހެން ކުއްޖެއްގެ ވާހަކައެވެ.

2005 ވަނަ އަހަރުގެ ދުވަސްތަކެވެ. އަހަރެންގެ އުމުރުން އޭރު 24 އަހަރެވެ. ކައިވެނީގެ ގުޅުމައް އަހަރެންނައްވުރެ އެތައްތަނަކުން އުމުރުން ބޮޑު މީހަކާއި ގުޅުމަށް އާއިލާއިން އެދެމުން ދިޔައެވެ. އުމުރުން 56 އަހަރުގެ އިބްރާހީމާއި ގުޅުމަށް އަހަރެންގެ އާއިލާ އިން އެދެމުން ދިޔަނަމަވެސް އެ ގުޅުމަށް އަހަރެން ތަކުރާރުކޮށް އިންކާރު ކުރަމުންދިޔާމެވެ. އުމުރުން އެހާ ބޮޑު ހިތްނޭދޭ މީހަކާއި ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށް އަހަރެންނަށް ގަބޫލު ނުކުރެވުނީ އެވެ.

އެހެންނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އާދަޔާ ހިލާފަށް އިބްރާހީމްގެ މައްޗައް ހިތް ލެބޭ ކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ހުދު އަހަރެންގެ އަމިއްލަ ނަފްސައްވެސް ގަބޫލު ނުކުރެވޭހާ ވަރަށެވެ.

ހުވަފެނުންވެސް އަހަރެންނަށް އިބްރާހީމް ފެންނަން ފެށިއެވެ. އަބަދުވެސް އިބްރާހިމް ކައިރީގައި ހުންނަން ބޭނުންވިއެވެ.

ނަތީޖާއެއްގެ ގޮތުން ކައިވެނިން ބޭރުގައި އަހަރެންގެ ލަދުވެތި ކަމުގެ ފަރުދާ އިބްރާހީމް ގެ ކުރިމަތީގައި ކަސްވުވެގެން ދިޔައީ އިހްތިޔާރަކާއި ނުލައެވެ. އެއާކު އަހަރެންގެ ހިތް އޭނާ އަށް ލެބުނުލެއްވީ އިތުރެވެ. މަސްތީ ބޯވާރޭގައި އޭނާގެ ދާނުގައި ތާއަބު އުދުހެން ބޭނުންވިއެވެ. ހައްދުފަހަނަ އަޅާފައިވާފަދަ އިޙުސާސެއް އޭނާ ފެނުމުން ވެވުމާއި ޖިންސީ ގުޅުން ހިންގާއިރު ޙަޤީގަތުގައި ނުވާވަރަށް، ލައްޒަތު ލިބޭކަމުގެ އިޙުސާސު ކުރެވެން ފެށިއެވެ. މަސްތީ ދާނުގައި ލައްޒަތުގެ ކަނޑައް ގަރަގުވެގެން ދިޔައީ އިހްތިޔާރަކާއި ނުލައެވެ.

އޭރު އަހަރެންނާއި އިބްރާހީމްގެ ގުޅުން އަހަރެންގެ އާއިލާއިން ކަންބޮޑުވާ ހިސާބަށް ހިނގައްޖެއެވެ. އެހެންނަމަވެސް އޭރު ވަގުުތު ފާއިތު ވެއްޖެއެވެ. އޭރު އަހަރެން ކައިވެނިން ބޭރުން އިބްރާހީމް ގެ ދަރިއަކަށް އިނީ ބަލިވެއެވެ.

މި ގުޅުމުން އާދަޔާ ހިލާފް އެތައްކަމެއް އަހަރެންގެ އާއިލާ އަށް ފާހަގަ ކުރެވިގެން ރުގްޔާ ކުރާމީހަކު ގެނެސްގެން އަހަރެންނައް ފަރުވާކުރިއެވެ.

ރުގްޔާ ކުރާ މީހާ ކިޔާދިން ގޮތުގައި އަހަރެންނަށް އިބްރާހީމް ސިޙްރު ހަދާފައިވަނީ ހައިލުގެ ލޭ ބޭނުން ކޮށްގެނެވެ.

މިހާރު އަހަރެންނަކީ ރުގްޔާ ކިޔަވާގެން މިކަަމައް ފަރުވާ ހޯދައިގެން ހުރި މީހެކެވެ. އެހެންނަމަވެސް އެހާދިސާ ދާދި ދެންމެއަކު ހިގިކަމެއްހެން ހަދާން އެބަހުއްޓެވެ. އެ މުޑުދާރު ގުޅުމުގެ ހަދިޔާ އަހަރެންގެ ދަރިފުޅު ނިމްސާ ފެންނަ ކޮންމެ ވަގުތަކު އެހަދާންތައް އިތުރަށް އާލާވެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 69%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: