ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19: ކުޅުދުއްފުށީގެ ސްކޫލްތައް ބަންދުކޮށްފި

ކުޅުދުއްފުށި ސިޓީ----
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރުވެރިކަމާއެކު ކުޅުދުއްފުށި ސިޓީގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ސްކޫލްތައް ބަންދުކުރީ ހަފްތާއަކަށް ކަމަށާ ސްކޫލްތައް ބަންދުކުރިނަމަވެސް ގުރޭޑް 10 އަދި 12 ގެ ދަރިވަރުންގެ ޓެސްޓްތައް ކުރިއަށްދާނެ ކަމަށެވެ.

ކުޅުދުއްފުށިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ އެރަށް އަރައި ފޭބުން މަނާކޮށް ރޭ ވަނީ މޮނީޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. ކުޅުދުއްފުށިން މި ފަހުން ޕޮޒްޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ އެރަށުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ސިފައިންގެ ތެރެއިން ނެގި ރޭންޑަމް ސާމްޕަލުތަކަކުން ދެ ފުލުހަކު ޕޮޒިޓިވްވެ އެތަނުން އެ ފުލުހެއްގެ އާއިލާގެ ހަތަރު މެމްބަރުން ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރޭގައި ދިހަ އަހަރުގެ ދެ ކުދިން ހިމެނޭއިރު 75 އަހަރު ހައިރިކްސް މީހެއްވެސް ހިމެނެ އެވެ. އަދި އެކަމާ ގުޅިގެން މިހާރު ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގައި ސްކޫލް ކުދިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ކަރަންޓީނުކޮށްފަ އެވެ.

އަދިވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާތީ އެކަހެރިކުރި މީހުންގެ އަދަދު ކަމާ ގުޅުން ހުރި ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: