އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ ފްލައިޓުން ފުރަތަމަ ފަހަރަށް ބަލިމީހަކު މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ހާލު ދެރަ، 78 އަހަރުގެ ދިވެހި ފިރިހެނަކު ޑޯނިއަރ ފްލައިޓްގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.
ރޭ މެންދަމު 03:10 ގައި މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާއިރު، މިއީ މި ފްލައިޓުން ބަލިމީހަކު އުފުލި ފުރަތަމަ ފަހަރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

