މި ސަރުކާރުން ގެންގުޅެނީ ”ޒީރޯ ޓޮލަރެންސް“ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުނެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވައުދުތައް ފުއްދުނު މިންވަރާ މެދު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ވެރިކަމުގައި ކޮރަޕްޝަން ނައްތާލަން އިޚުލާސްތެރި މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.
އަދި ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ކުރަނީ ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
”ވަކި ބަޔަކަށް އަމާޒުކޮށް މި މަސައްކަތް ކުރަނީ. އޭސީސީ އަށް ވެސް އެބަ ހުރި ސަރުކާރުގެ އިސް ފަރާތްތަކުގެ ވެސް ކޮރަޕްޝަންގެ މަައްސަލަތައް ހުށަހަޅާފައި. ކުރިއަކަށް ނުދެއެއް ނޫންތޯ. މި ކޮވިޑް ހާލަތުގައި ވެންޓިލޭޓަރުން ވަައްކަން ކޮށްގެން ތިބީ،“ ޝިޔާމް ވިދާޅުވިއެވެ.


One Response
އެއީހަމަރަގަޅުވާހަކަޔެއް